މަޑުއްވަރީގައި މަސްކިރާ ބޯޓެއް ނެތުމުން އެދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވީ، މަޑުއްވަރީގެ ހިތްވަރުގަދަ މަސްވެެރިން ބާނާ މަސްކޮޅު ކިރާނެ ބޯޓެއް ނެތް ކަމަށެވެ. އެހެންކަމުން މަސްވެރިން ބާނާ މަސްކޮޅު ވިއްކުމަށް ބޮޑު ހަރަދުކޮށްފައި ދަތުރުކުރަންޖެހެނީ މާލެއަށް ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.



"މަސް ގަންނާނެ ބަޔަކު ހޯދައިގެން މަސް ވިއްކަން މާދަން ދަތުރުކުރާނެ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ބޭނުންވޭ." މަޑުއްވަރީ ދޯންޏަކުން މަސް ދަތުރަކު ވަޑައިގެން ދޯނީގައި ހުންނަވާ ނެންގެވި ފޮޓޯއެއް ހިއްސާ ކުރައްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސްކޮޅު ނުކިރޭތީއާއި ކިރަން ކިއޫގައި އެތައް ދުވަހަކު ތިބެން ޖެހޭތީ ދޭތެރެ ދޭތެރެއިން މަސްވެރިން އަންނަނީ ޝަކުވާކޮށް އިހުތިޖާޖު ކުރަމުންނެވެ. ބާނާ މަސްކޮޅު ނުކިރޭ މައްސަލައާއި މަހަށް ދޭން ބުނެފައިވާ ހަމައަގު ނުލިބޭތީއާއި އައިސް ހޯދަން ދުރަށް ދުއްވާން ޖެހޭތީ މަސްވެރިން ކުރަމުން ގެންދާ ޝަކުވާއަށް ހައްލު ހޯދައިދޭން މިސަރުކާރުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. މިކަންކަމަކީ މިސަރުކާރާއި އެމްޑީޕީގެ މުހިންމު ވަޢުދަކަށްވާއިރު މި މައްސަލަ ތަކަށް ހައްލު ނުހޯދޭތީ ކުރީން ހުންނެވި ފިޝަރީޒް މިނިސްޓަރުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން