ކޮވިޑް-19 އަށް ޓެސްޓް ކުރުމަަށް ސާމްޕަލް ނެގުން، ހައްޖު ދުވަހާއި ޢީދު ދުވަހަށް މެދުކަނޑާލައިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ޓެސްޓް ސާމްޕަލް ނެގުން މެދުކަނޑާލީ މާލެ ސަރަހައްދުގައި އެކަނި ކަމަަށެވެ. އަދި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ނަގަންޖެހޭ ސާމްޕަލް އާރުޓީޓީ ޓީމުން ނަގަމުން ދާނެ ކަމަށް، އެޗްޕީއޭއިން ބުނެ އެވެ.

ވެކްސިން ފުރިހަމަ ކުރި ފަރާތްތަކަށް، ޕީސީއާރު ނެގެޓިވް ނަތީޖާއާއިއެކު ދަތުރު ކުރުމުގެ ހުއްދަ ދިނުމާއި ގުޅިގެން، މާލޭގައި ވަރަށް ގިނަ ބަޔަކު ވަނީ ކޮވިޑަށް ޓެސްޓްކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ސާމްޕަލްނަގާ ސެންޓަރުތަކާއި މަގުމަތިންވެސް ވަރަށް ގިނަ ބަޔަކު ސާމްޕަލް ނަގަމުންދާކަން ފާހަގަ ކުރެވެއެވެ.

އިއްޔެގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ މުޅި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 63 މީހުންނެވެ. މީގެކުރިން އެންމެ ހަލުއިކަމާއެކު ބަލި ފެތުރެމުންދިޔަ މާލެ ސަރަހައްދުން އިއްޔެ ޕޮޒިޓިވްވެފައި ވަނީ 13 މީހުންނެވެ. މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 12 މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން