އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދިފާއުގައި އެ ޕާޓީގެ އެކި ގުނަންތަކުން ބަޔާންތައް ނެރުނަސް އެމަނިކުފާނުގެ ބާރެއް އެ ޕާޓީގައި ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ދެބައިވެ ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދެމެދު ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ސިޔާސީ ގުޅުން ވަނީ ކަނޑާލާފައެވެ. ރައީސް ނަޝީދު ވަނީ ނަފުރަތުގެ ބިލަށް ސަރުކާރުން ތާއިދު ނުކުރާނަމަ ސަރުކާރަށް ތާއިދު ކުރެވެން ނެތް ކަމަށް ވިދާޅުވެފައެެެވެ.

މޫސަ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ ރައީސް މުހައްމަދު ނަޝީދުގެ ދިފާއުގައި އެ ޕާޓީގެ "ޒުވާނުންގެ ރޫހުން" ނާއި ޕާޓީގެ "އަންހެނުންގެ ރޫހުން" ބަޔާންތަކެއް ނެރެ ސަރުކާރަށް ފާޑުކިޔައި ރައީސް ނަޝީދުގެ ބަސްފުޅު ދިފާޢުކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވެއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީގެ އިސް ލީޑަރަކީ މި ވަގުތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ބަޔާންތަކާއި ގަރާރުތައް ނެރުމަކީ އަސާސީ ގަވާއިދު ދަންނަ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.

"ކިތަންމެ ވަރަކަށް ނަޝީދުގެ ކޮންޓްރޯލް އެމްޑީޕީގައި އޮތް ކަމަށް ދެއްކިޔަސް މިހާރު [އެ ބާރެއް] ނެތް." އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، އެމްޑީޕީގެ ޒުވާނުންގެ ރޫހުންނާއި ޕާޓީގެ އަންހެނުންގެ ރޫހުން ބަޔާންތަށް ނެރެ އާންމުކުރުމުން ޕާޓީ ރޫޅިފައިވާ މިންވަރު ހާމަވެފައިވާ ކަމަށެވެ.

"‏އެފަދަބަޔާންތައް ޤައުމީ މަޖްލީހަށް ހުށައަޅާ ޕާޓީން އެކައްޗެއްކިޔަންވީ ނޫންތޯ؟ އެއިރުން ދެކޮޅުހަދާމީހާ އެއްކަލަ ފިޔަވަޅުއަޅާ ކޮމެޓީއަށްގެންދާނީ؟" ރީކޯ މޫސަ ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން