ރާއްޖެ ސިޔާސީ އަނދަވަޅަކަށް ވެއްޓުމުގެ ކުރިން ދިވެހިން އަތުކުރި އޮޅާލައި ގައުމު ސަލާމަތް ކުރުމަށް ނުކުންނަންޖެހޭ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ގޮވާލައްވައިފިއެވެ.

އެމްޑީޕީ ދެބައިވެ ޕާޓީގެ އިސްލީޑަރު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ އާންމުކޮށް އިޢުލާން ކުރަށްވާފައެވެ.

އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކާއި ބައިބައިވުންތައް އުފެދިފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، ގައުމަށް ކުރިމަތިވާ ހުރިހާ މައްސަލައަކަށް ކުއްލިއަކަށް ވަގުތުން އެއްވެސް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި އެކަކު އަނެކެއްގެ މެދުގައި ކުރިމަތިލުންތަކަށް ދިއުމުގެ ބަދަލުގައި އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ސިޔާސީ ގޮތުންނާއި އިޖުތިމާއި އަދި އިގްތިސާދީ ގޮތުން އަދި ހުރިހާ ގޮތަކުންވެސް ގައުމަށް އެންމެ ފައިދާ ބޮޑުގޮތް ކަމަށް ޝަރީފު ވިދާޅުވިއެވެ. މީގެއިތުރުން ވޭތުވެ ދިޔަ ކަންކަން މާޒީއަށް ދޫކޮށްލައި، ހުރިހާ އެންމެންވެސް ގައުމު ސަލާމަތްކޮށް، މިއަށްވުރެއް ރަނގަޅު ހާލަތަކަށް ގެންދިއުމަށް ރައީސް ސޯލިހް ކުރައްވާ މަސައްކަތަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.



"މާލަސް ނުވަނީސް ދިވެހިން އަތުކުރި އޮޅާލާ ނިކުންނަންވީ ސިޔާސީ އަނދަވަޅަކަށް ގައުމު ވެއްޓުމުގެ ކުރިން ގައުމު ސަލާމަތް ކުރަން.، އަޅުގަނޑުމެން ދެނެގަންނަން ޖެހޭ އެބަ ގައުމަށް ބޭނުންވާ ކަންކަން ވަކި މީހަކަށް ބޭނުންވާ ކަންކަމަށްވުރެ ބޮޑުކަން." ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫ ޝަރީފު ވިދާޅުވީ، އަމިއްލައަށް މޮޅުވެގެން އުޅޭ ސިޔާސީ ތަޖުރިބާކާރުން މިގައުމުގައި މަދު ނޫން ކަމަށެވެ. އަދި މަގާމަށް ދަހިވެތިވެފައިވާ ސިޔާސީވެރިންނާއި އަދި ކޮންމެ ކަމަކަށް އަވަސް ހައްލު ހޯދައިދޭ މީހުން ވެސް މަދު ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިގައުމުގައި މަދީ ތަޖުރިބާ ހުރި، ފަންނީ، އިތުބާރުހިފޭ، އެކުގައި ހަރުދަނާ ކުރިމަގެއް ބިނާކުރުމަށް މަސައްކަތް ކުރަން ދަންނަ ލީޑަރުން. ތަޖުރިބާ ހުރި، ފަންނީ، އިތުބާރުހިފޭ، ކެތްތެރި، އަޅާލާ ލީޑަރުންނަށް ގައުމު ސަލާމަތްކޮށް ގައުމު ކުރިއެރުވޭނީވެސް." ޝަރީފު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


9

އާޝާ

21-Jul-2021

ހައުދަހައި ރަނގަޅުވާހަކައެކޭ ތިޔަވިދާޅުވީ .މި ޤައުމުގައި ބިނާކުރަންވީ އިސްލާމީ ޑިމޮކްރަސީ އެއް.


0

އާޝާ

21-Jul-2021

ހައުދަހައި ރަނގަޅުވާހަކައެކޭ ތިޔަވިދާޅުވީ .މި ޤައުމުގައި ބިނާކުރަންވީ އިސްލާމީ ޑިމޮކްރަސީ އެއް.


12

ބަކުރުބެ

21-Jul-2021

ގައުމު މިހާރުވެސް މިއޮތީ ވެއްޓޭނެ އަނދަވަޅަކަށް ވެއްޓި ނިމިފަ.. ސިޔާސީ ގޮތުން މިގައުމު ސަލާމަތް ކޮށްދެވޭނެ ވަކި އެއް ލީޑަރެއް މިހާރު މިިތިބި ލީޑަރުންގެ ތެރެއިން ނެތް ފެންނާކަށް.. ޕީޕީއެމްގެ ހުދުމުހުތާރު ގޮތްގަނޑު ކަމަކު ނުދޭ.. އެމްޑީޕީގެ ސިޔާސަތުތައް ރަނގަޅުވިޔަސްވެސް އިންޑިޔާއަށް މިތަނަށް ހަންފަތުރަން ފުރުސަތު ދޭތީ ކަމަކު ނުދޭ.. ދެން ޖެހެނީ ކުރިން ވެރިކަމަށް ނުގެންނަ ބަޔަކު ގެންނަން.. ކިރިޔާވެސް މީހަކަށް އިނީ ގާސިމް. އެކަމަކު މިހާރު ޤާނޫނު އޮތްގޮތަށް އޮވެގެން ޤާސިމަކަށް ކުރިމައްޗެއް ނުލެވޭނެ 65 އަހަރު ވީމަ.. ޕްރޮފެސަރ އުގައިލް ކަހަލަ ލީޑަރެެއް ގެންނަންވީ. އެކަމަކު ކިތަންމެ ރަނގަޅު ވެރިޔެއް އަދި އަޔަސްވެސް ނަތީޖާ ނުފެންނާނެ ހަމަ އެވަރުގެ ކޮލިޓީ ޓީމެެއް ކެބިނެޓްގައި ސަރުކާރުގެ މިނިސްޓްރީތައް ހިންގަން ތިބެގެން ނޫނީ. އިބޫވެސް ގޯހެއް ނޫން.. އެކަމަކު ކެބިނެޓްގައި ގިނައީ ބޭކާރު ބޯތައް



ޓްރެންޑިން