ޕީޕީއެމާ ގުޅިވަޑައިގަތުމަކީ ހަލާދަނޑީގެ ދެކޮޅު ބެލުމަށްފަހު ވޮޑޭ ތުނޑިއަށް އެރުންކަމަށް މަޖިލިސް މެމްބަރުކަމާއި ސިޓީ ކައުންސިލްގެ މެމްބަރުކަން އަދާކުރެއްވި އަހުމަދު އަބްދުއްކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު، މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ރޭ ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.

ޕީޕީއެމާ ގުޅިވަޑައިގެންނެވި ސަބަބު ހާމަކުރައްވަމުން ރުކުމާ ވިދާޅުވީ ‏މަކުނު ބޯކިބާ ބަހާގޮތް ބަލަން ޅޮސްއުނދޯލީގައި 21 ވަނަ ގަރުނުގައި އެއްވެސް މީހަކު ނީންނާނެ ކަމަށެވެ. އަދި ދެބުޅަލުގެ ކޯޅުމާއި ދެބޯގެރި އަޑުއަހަން އަދި ބޮޑު ދެގެރި ތަޅައިގެން ކަށްގަލަށް ބާރު ކުރާއިރު ގުނބޯ ނެއްޓިފައިވެސް މީހަކު ނުހުންނާނެކަމަށް ރުކުމާ ވިދާޅުވިއެވެ.



ޕީޕީއެމާ ގުޅިވަޑައިގަތް ގޮތް ސިފަކުރައްވަމުން ރުކުމާ ވިދާޅުވީ، އެއީ ހަލާދަނޑީގެ ދެކޮޅު ބެލުމަށްފަހު ވޮޑޭ ތުނޑިއަށް އެރުންކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރުކުމާގެ ފޯމް ވަނީ އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) އާއި ހަވާލު ކުރައްވާފައެވެ.

ކުރީގެ މެންބަރު ރުކުމާ އަހުމަދު ވަނީ ނިމިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާގެ މިހާރުގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އާއި ވާދަ ކުރައްވާފައެވެ. އެމްޑީޕީގެ ގިނަ މެންބަރުން ގަބޫލުކުރާ ގޮތުގައި އެއިންތިހާބު ރުކުމާއަށް ނާކާމިޔާބުވީ ރައީސް ނަޝީފު އަނދުން ހުސައިން އަތުގައި ހިއްޕަވައިގެން ނުކުންނެވުމުންނެވެ. މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ދައުރުގެ މެމްބަރުކަން ވެސް ކުރެއްވި ރުކުމާ އެމްޑީޕީން ވަކިވީ 2019 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޣޮފްރާން

21-Jul-2021

މާލޭގެ ބިންތަކަށް ދަހިވެތިވެގެން އުޅޭ މީހެއްމީ


4

ނުރަބޯ

21-Jul-2021

މަރުޙަބާ ދެބޭފުޅުންނަށްވެސް. ތިޔަ އެޅުއްވީ ވަރަށް ރަގަޅު ފިޔަވަޅެއް.



ޓްރެންޑިން