އަހުމަދު މަސްނޫމް   20 ޖުލައި 2021 - 13:59
ބ. އޭދަފުށީގައި ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

އޭދަފުށިން ކޯވިޑް ޖެހިގެން ނިޔާވީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އޭދަފުށީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 91 އަހަރުގެ އަންހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ރ. ދުވާފަރު އަންހެނެކެވެ.

މިއީ ކޯވިޑް ޖެހިގެން އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވި 2 ވަނަ މީހާ އެވެ. އޭދަފުށިން އެންމެ ފުަރަތަމަ ކޯވިޑް ޖެހިގެން މީހަކު ނިޔާވީ މިދިޔަ ޖޫންމަހުއެވެ.

އޭދަފުށިން ރޭ ނިޔާވި މީހާއަކީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 217 ވަނަ މީހާއެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ޢަދަދު 217 އަށް އަރާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 198 ދިވެހިންނާއި 19 ބިދޭސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން