ޕީޕީއެމުން ދައްކައިދޭނީ ލީޑަރޝިޕްގެ ހަރުދަނާކަމާއި ފުދުންތެރިކަންކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ބައެއް މަޖިލިސް މެމްބަރުންނާއި މިސަރުކާރުގެ ކުރީގެ ވަޒީރަކު ޕީޕީއެމަށް ސޮއިކުރުމާއި ގުޅިގެނެވެ.

ޝަހީމް ވިދާޅުވީ، ކޮންމެ ޕާޓީއެއްވެސް ކާމިޔާބުވާން އެދޭނަމަ ޕީޕީއެމުން ދައްކާ ރިވެތި ގައުމީ އަދި އިސްލާމީ ނަމޫނާގައި ހިފަންޖެހޭކަމަށެވެ. އަދި ޕީޕީއެމުން އެ ދައްކައިދެނީ ލީޑަރޝިޕްގެ ހަރުދަނާކަމާއި ފުދުންތެރިކަންކަމަށް ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ގައުމީ މަސްލަހަތު އިސްކޮށް ފިކުރީގޮތުން އެއްގޮތް ވިސްނުމުގެ ސަފުތައް ބަދަހިވާންޖެހޭކަމަށެވެ.



ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަޙްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު، މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ރޭ ވަނީ ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ.

ޕީޕީއެމުން ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރަކާތްތައް ހިންގަމުންދާއިރު، ވެރިކަންކުރާ އެމްޑީޕީ އަދި ރާއްޖޭގައި މިހާރު އޮތް އެންމެ މެންބަރުން ގިނަ ޕާޓީ އަދި ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ ބައިބައިވުން އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު