މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅުވައިލުމަށް ހިންގާ ގްރިޑް ޕްރޮޖެކްޓް ނިމުމުން، މާލޭގައި ހުރި އިންޖީނުގެތަކުގެ ސަބަބުން އެއްވެސް އުނދަގުލެއް ރައްޔިތުންނަށް ނުފޯރާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނެފައި މިވަނީ، މާލޭގެ އިންޖީނުގެތައް މާލޭގައި ދިރިއުޅޭ މީހުނަށް ބޮޑު މުސީބާތަކަށް ވެފައި ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވާހަކަފުޅު ދައްކާފައިވަނިކޮށެވެ. އަދި ސްޓެލްކޯ ކައިރީގައި ދިރިއުޅޭ ބައެއް ގެތަކުގެ މީހުން އެ ތަނުގެ ޖެނެރޭޓަރުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކާއި ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މިމައްސަލައަށް ދާއިމީ ހައްލެއް މިހާރު ހޯދިފައިވާއިރު، އެކަމާއި ގުޅޭ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. އެގޮތުން މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅުވައިލުމަށް ހިންގާ ގްރިޑް ޕްރޮޖެކްޓް ނިމުމުން، މާލެއަށް ކަރަންޓު ދޭނީ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ ބޭނުންކޮށްގެންކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. އަދި މި ޕްރޮޖެކްޓު މުޅިން ނިމުމުން ގާކޮށީގެ އިންޖީނުތައް ނިއްވައިލާނެކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްޓެލްކޯއިން ބުނީ، ގްރިޑް ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގެ 100 މެގަވޮޓުގެ އިންޖީނުގެއަކަށް ބަދަލުކުރުމުން، މުޅި މާލެއަށް ކަރަންޓު ފޮރުކޮށްދޭނީ އެތަނުން ކަމަށެވެ. އަދި އެހާހިސާބުން މާލޭގައި ހުރި ހުރިހާ އިންޖީނެއް ނިއްވައިލާނެކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. އޭގެފަހުން އެތަންތަން ބޭނުންކުރާނީީ ބެކަޕް އިންޖީނުގެތަކެއްގެ ގޮތުގައިކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން ކުރިއަށްގެންދާ މަޝްރޫއެކެވެ. ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓުން ގުޅާލެވޭ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު