އީދުގެ މުނާސަބަތާއި ގުޅިގެން މިއަދު ހަވީރު 4:00 އިން 8:00 އަށް މާލޭގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުނީ ވެހިކަލް ދުއްވުން މަނާކުރީ މިއަދަކީ އަޟްހާ އީދަށްވާތީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހިތްހަމަ ޖެހިލައިގެން އާއިލާތަކާއެކު ވަގުތު ހޭދަކޮށްލުމަށް ވަގުތުކޮޅެއް ދިނުމުގެ ގޮތުން ކަމަށެެވެ. އަދި މިގޮތަށް ނިންމާފައިވަނީ ފުލުހުންނާއި ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ބުނީ އާންމު ވެހިކަލްތައް ދުއްވުން މަނާވިޔަސް، ސަލާމަތީ ވެހިކަލްތަކަށާއި، ޒަރޫރީ ހާލަތްތަކުގައި ކޮންމެހެން ދުއްވަން ޖެހޭ އުޅަނދުތައް ދުއްވުމުގެ ހުއްދަ އޮންނާނެ ކަމަށެެވެ. އަދި ‏ފައިމަގުގައި އުޅުމަށް ކަނޑައަޅާަފައިވާ ވަގުތުގައި ކޮންމެ ޓެކްސީ ސެންޓަރަކައް 2 ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވާކަމަށާއި ސްޓިކާ ދޫކުރަމުން ދާނީ މެންދުރު 13:00އިން 15:00އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލް ގެ އާންމު ހިދުމަތްތަކާއި ބެހޭ އޮފީހުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

އީދުގެ މުނާސަބަތާއި ގުޅިގެން މިއަދު ހަވީރު 4:00 އިން 8:00 އަށް މާލޭގައި ވެހިކަލް ދުއްވުން ސިޓީ ކައުންސިލުން މަނާކުރިއިރު، މީގެކުރިންވެސް އެކިމުނާސަބަތުތަކާ ގުޅުވައިގެން ވެހިކަލް ނުދުއްވާ ދުވަސްތައް ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން