ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 23 ޖުލައި 2021 ވާ ހުކުރު ދުވަހުކަމަށް ރައީސް އޮފީހުން ބުނެއެވެ. ނުރަސްމީ ދަތުރުފުޅަކަށްވާތީ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެއެވެ.
ރައީސްގެ ދެ ކަނބަލުން ލަންކާއަށް މިއަދު ވަޑައިގެންނެވިއިރު، މިދިޔަ ހަފްތާ ބަންދުގައި ދެކަނބަލުން ވަނީ ހދ. އަތޮޅަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު