ކ. މާފުަށީ ކައުންސިލަރަކަށް ހަމަލާދިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާފުއްޓަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު އެ ރަށުގެ އަންހެނުންތަކެއް ފަހަތުން ދުވެ، ކައުންސިލަރަކަށް ހަމަލާދިނުމުން ރޭ ހައްޔަރުކޮށްފައިވާކަމަށެވެ.

މާފުށިން މައުލޫމާތު ދިން މީހަކު ބުނީ ހައްޔަރުކުރި މީހާ ފުރަތަމަ ކެފޭއެއްގެ ތެރޭގައި ތިބި އަންހެނުންތަކެއް ފަހައި ދުވީކަމަށެވެ. އަދި އޭނާ ދުވީ އޭނާ މަރާލަން އުޅެނީ ކަމަށް ގޮވަމުން ކަމަށް އެނގިފައި ވެއެވެ. އޭނާގެ ކިބައިން ސަލާމަތްވާން އެ މީހުން ގެއަކަށް ވަދެ ދޮރު ލައްޕަން އުޅުމުގެ ތެރޭގައި އެ މީހާގެ އަތުގައި އޮތް އުލެއް އަންހެން ކައުންސިލަރެއްގެ ބުރަކައްޓަށް ހަރާލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިހަމަލާގެ ސަބަބުން ކައުންސިލަރަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ.

މާފުށި ކައުންސިލުން ބުނީ ހައްޔަރުކުރި މީހާއަކީ ހުއްދަ ނުހޯދައި މާފުއްޓަށް އެތެރެވި މީހެއްކަމަށެވެ. ކޯވިޑަށްފަހު ރަށްރަށަށް ދަތުރުކުރެވުނަސް، ރަށަށް އެތެރެވެވޭނީ ކައުންސިލަށް އަންގައި، ކައުންސިލްގެ ހުއްދައާ އެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން