ލަގެޖުން ވަޒަންތަކެއް ފެނިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކުރި މީހާ ޑިޕޯޓްކޮށްލުމަށް ނިންމައިފިއެެވެ.

ވަޒަންތަކެއް ހިފައިގެން ރާއްޖެއިން ފުރުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައި މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ނެމީބިޔާގެ 60އ، ގެ ފިރިހެނެކެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނަށް ވަޒަންތައް ފެނުނީ ފުރަންދާ މީހުން ޗެކް ކުރުމުގެ ތެރޭގައެވެ. ނަމަވެސް އޭނާ އަތުން ފެނުނު ވަޒަންތަކާއި ބެހޭ އެއްވެސް ތަފްސީލެއް، ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ އޭނާ ރާއްޖެ އައިއިރު ގެނައި އެއްޗެއްތޯ ނުވަތަ، ރާއްޖެއިން ގެންދަން އުޅުނު އެއްޗެއްކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

ވަޒަންތައް ފެނުމާއި ގުޅިގެން އޭނާ ފުލުހުންގެ ހައްޔަރުގައި 3 ދުވަހު ބެހެއްޓުމަށްފަހު، އެނާ ވަނީ ޑީޕޯޓްކޮށްލުމަށްޓަކައި މިހާރު މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުން ގެންދަނީ ރާއްޖޭގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން