ހަރުކަށި ފިކުރަށް ދީލައިނުލައި، މެދުމިނުގެ ފިކުރަށް ތާއީދުކުރުމަށް ރައީސް ސާލިހަށް، ރައީސް ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ބޮމުގެ ހަމަލާއަށްފަހު މީޑިއާއަކަށް ދެއްވި ފުަރަތަމަ އިންޓަވިއުގައި، އިންޑިއާގެ މީޑިއާއަކާއި ވާހަކަދައްކަވަމުންނެވެ.
މިއިންޓަވިއުގައި ރައީސް ސާލިހާއި ރައީސް ނަޝީދުގެ ގުޅުމާއި ގުޅޭގޮތުން ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހާއި އެމަނިކުފާނު ގަބޫލުކުރާ ގަބޫލުކުރުން ތަކުގައި ވަރަށް ބޮޑު ތަފާތުތަކެއް މިހާރު އެބަހުރިކަމަށެވެ. އަދި ރައީސް ސާލިހު އެނބުރި ހެޔޮމަގަށް އަންނަންޖެހޭކަމަށާއި، އެއީ އިސްލާމްދީނުގެ މެދުމިނުގެ ފިކުރުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ހަރުކަށި ފިކުރުގެ މީހުންނަށް އެހީތެރިވެދީގެން ވަގުތީގޮތުން ސިޔާސީ ފައިދާއެއް ލިބިދާނެ ކަމަށާއި ، ނަމަވެސް ދުރު މުސްތަގުބަލުގައި އެކަމުން ލިބޭނެ ހަމަޖެހުމެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ރައީސް ސާލިހާއި އެމަނިކުފާނާއި ދެމެދު އެނޫން މާބޮޑު މައްސަލަތަކެއް ނެތްކަމަށެވެ. އަދި އެމްޑީޕީ ބައިބައެއް ނުވާނެކަމަށާއި، ޕާޓީ އޮންނާނީ އެކަތިގަނޑެއްގެ ގޮތުގަައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ރައްޔިތުންގެ އަޑު ސަރުކާރުން ނާހާ، ތާއީދު ނެތް ބަޔަކު ރުއްސަން އުޅުމުން ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު މަސައްކަތްކުރަމުންދާ ގޮތްތައް ބަދަލުކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ދެއްވި މި އިންޓަވިއުގައި އަދިވެސް ސިޔާސި މަސައްކަތުގައި ދެމިހުންނެވިކަމަށާއި، ކުރިއަށް އޮތް އިންތިހާބުތަކުގައި ވާދަކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. މީގެއިތުރުން ޗައިނާގެ ދަރަންޏާއި ގުޅޭގޮތުން ދައްކާ ވާހަކަތަކާއި، ހަރުކަށި ފިކުރާއި ގުޅޭގޮތުން ދައްކަވާ ވާހަކަފުޅުތައް ތަކުރާރު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު