ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ތިބީ ސަރުކާރުގައި ކަމަށާއި، ޓެރަރިޒަމް ހުއްޓުވުމަށް ސަރުކާރުގެ އެތެރެ ސާފުކުރުމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.
ސަރުކާރުން ހަރުކަށި ފިކުރަށް ތަބާވުން ދޫކޮށްލައި މެދުމިން ޚިޔާރު ކުރުމަށް ރައީސް ނަޝީދު ވެސް ގޮވާލައްވާފައިވަނިކޮށް އެކަމަށް ވަރަށް ބޮޑަށް ބާރުދެއްވާ މޭރުމަކުން ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ބޮޑުވަމުންދަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީ ތަމްސީލް ކުރާ ސަރުކާރުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރާ މީހުން ތިބީ ސަރުކާރުގައި. ފުރަތަމަ ސަރުކާރުގެ އެތެރެ ސާފުކުރައްވާ." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.
ދާދިފަހުން މާލޭގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައެވެ. މީގެ ކުރިން ޑރ. އަފްރާޝީމް އަލީއާއި ނޫސްވެރިޔާ އަހުމަދު ރިޟުވާނާއި ޔާމިން ރަޝީދު، ވަރަށް އަނިޔާވެރިކޮށް މަރާލުމުގެ ފަހަތުގައި ހަރުކަށި ފިކުރުގެ މީހުންގެ ދައުރު އޮތްކަން ވަނީ ހާމަވެފައެވެ.
ސަރުކާރުން ހަރުކަށި ފިކުރަށް ދީލައިނުލައި، މެދުމިނުގެ ފިކުރަށް ތާއީދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ. އަދި ހަރުކަށި ފިކުރުގެ މީހުންނަށް އެހީތެރިވެދީގެން ވަގުތީގޮތުން ސިޔާސީ ފައިދާއެއް ލިބިދާނެ ކަމަށާއި، ނަމަވެސް ދުރު މުސްތަގުބަލުގައި އެކަމުން ލިބޭނެ ހަމަޖެހުމެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރަށް ތާޢީދުކުރާ 1400 އެއްހާ މީހުން ނުވަތަ އެއަށް ވުރެ އިތުރު އަދަދެއް އުޅޭކަމަށެވެ. ނަމަވެސް މިރާއްޖާގައި އަޑީސަރުކާރެއް އޮންނަ ކަމަށް ރައީސް ނަޝީދާއި އަދި ސިފައިންގެ އިސް ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތުތަކަށް ވަޒީރު އިމްރާން ވަނީ ދެކޮޅު ހައްދަވައި އެފަދަ ސަރުކާރެއް މިރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވީ މިސަރުކާރުން ރާއްޖެ އަފްޣާނިސްތާނަށް ވާން ފުރުސަތު ނުދޭނެ ކަމަށާއި، ކަންކަން އޮންނަ މިންވަރަށްވުރެ ބޮޑު ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

Terrorism & extremism ge nurakkaa raajje ah boduvamundhanee sarukaaruge siyaasathuthakuge sababun. Zimmaa nagan jeheynee MDP lead kuraa sarukaarun. Terrorism aai extremism fathuraa meehun thibee sarukaarugai. Furathama "sarukaaruge ethere' saafukuravvaa.https://t.co/eqjoWFICZA
— Adam Shareef Umar (@Adamshareefz) July 21, 2021
ދާދިފަހުން މާލޭގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ބޮމުގެ ހަމަލާއެއް ދީފައެވެ. މީގެ ކުރިން ޑރ. އަފްރާޝީމް އަލީއާއި ނޫސްވެރިޔާ އަހުމަދު ރިޟުވާނާއި ޔާމިން ރަޝީދު، ވަރަށް އަނިޔާވެރިކޮށް މަރާލުމުގެ ފަހަތުގައި ހަރުކަށި ފިކުރުގެ މީހުންގެ ދައުރު އޮތްކަން ވަނީ ހާމަވެފައެވެ.
ސަރުކާރުން ހަރުކަށި ފިކުރަށް ދީލައިނުލައި، މެދުމިނުގެ ފިކުރަށް ތާއީދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ. އަދި ހަރުކަށި ފިކުރުގެ މީހުންނަށް އެހީތެރިވެދީގެން ވަގުތީގޮތުން ސިޔާސީ ފައިދާއެއް ލިބިދާނެ ކަމަށާއި، ނަމަވެސް ދުރު މުސްތަގުބަލުގައި އެކަމުން ލިބޭނެ ހަމަޖެހުމެއް ނޯންނާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރަށް ތާޢީދުކުރާ 1400 އެއްހާ މީހުން ނުވަތަ އެއަށް ވުރެ އިތުރު އަދަދެއް އުޅޭކަމަށެވެ. ނަމަވެސް މިރާއްޖާގައި އަޑީސަރުކާރެއް އޮންނަ ކަމަށް ރައީސް ނަޝީދާއި އަދި ސިފައިންގެ އިސް ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތުތަކަށް ވަޒީރު އިމްރާން ވަނީ ދެކޮޅު ހައްދަވައި އެފަދަ ސަރުކާރެއް މިރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވީ މިސަރުކާރުން ރާއްޖެ އަފްޣާނިސްތާނަށް ވާން ފުރުސަތު ނުދޭނެ ކަމަށާއި، ކަންކަން އޮންނަ މިންވަރަށްވުރެ ބޮޑު ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު