ލޯނުތައް ދެއްކުމަށް ޗައިނާއިން ރާއްޖެއަށް އަދިވެސް ލުއިދީފައި ނުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަރވިއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އާއްމުކޮށް އަބަދުވެސް ޗައިނާއަށް ފާޑުވިދާޅުވާ ރައީސް ނަޝީދު އެ ބަސްދީގަތުމުގައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ޗައިނާއަށް ދަރާފައިވާ މިންވަރު ބެލުމުގެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ޗައިނާގެ ކުންފުނިތަކުންނާއި، ޗައިނާގެ ބެންކުތައް އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ބޮޑެތި ލޯނުތަކެއް ހޯދާފައިވާކަމަށާއި، އެކަމާއި ހުރެ ދައުލަތަށް ވަރަށް ބޮޑަށް ބުރަވެފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތައް ހަދައިދެއްވުމަށް ޗައިނާ ސަރުކާރުގައި ދެންނެވިކަމުގައިވީނަމަވެސް، މިހާތަނަށް އައިއިރު ޗައިނާއިން އެކަމުގައި ލުއި ގޮތްތަކެއް ހޯދައިދީފައިނުވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކޯވިޑާއި ގުޅިގެން އިޤްތިޞާދު ހީނަރުވެފައިވާއިރު، ލޯނު ނަގައިގެން ފައިސާ ހަރަދުކޮށްފައިވާ ގޮތުން އެ ލޯނުތައް އަނބުރާ ދެއްކުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުއި ދީފައިވާކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ. ބައެއް ޕްރޮގްރާމް ތަކުގެ ދަށުންނާއި އަދި ސީދާ ޗައިނާ ސަރުކާރާއި ވާހަކަ ދައްކައިގެން ލޯނުތައް ދެއްކުމުގައި ލުއިދީފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފައެވެ.
ހައެއް މެއިގެ ހަމަލާއަށްފަހު ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ ބަސްދީގަތުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރައި، އިންޑިއާއާއެކު މަސައްކަތްކުރަން ނިންމަންވެއްޖެކަމަށެވެ. އަދި ޗައިނާއަށްވުރެ ރާއްޖެ އިންޑިއާއާ ގާތްވާންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިންޑިއާއަށް ވަރަށް ބޮޑަށް ތަޢުރީފު ކުރަށްވައި އިންޑިއާއިން ރާއްޖެއަށް ވަރަށް ބޮޑެތި އެހީތައް ދެމުންދާކަމަށް ފާހަގަ ކުރެއްވިއެވެ. އަދި "އިންޑިއާ ފަސްޓް" ސިޔާސަތާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންވެސް ނިއުދިއްލީއަށް އެމަނިކުފާނު ދެންނެވިއެވެ.
ރައީސް ނަޝީދު ތަކުރާރުކޮށް ޗައިނާއަށް ފާޑުވިދާޅުވަމުންދަވާއިރު، ރައީސް ނަޝީދު ވިދާޅުވާގޮތުން ޗައިނާއިން އުޅެނީ ދަރަނި ދަންތުރައެއްގައި ރާއްޖެ ޖެއްސުމަށެވެ. ނަމަވެސް ޗައިނާގެ އޮފިޝަލުން ރައީސް ނަޝީދުގެ ވާހަކަތައް އަބަދުވެސް ދޮގުކުރައްވައެވެ. އެގޮތުން ރާއްޖެއިން ދައްކަންޖެހޭ ލޯނުތަކަށް ލުއިތައް ދީފައިވާކަންވެސް ޗައިނާއިން ވަނީ ހާމަކޮށްފައެެވެ.

Maldives Parliament speaker @MohamedNasheed's first TV interview post assassination attempt. Expresses worries over extremist elements. Also talks about domestic developments including "political separation" with Prez Solih. My Excl: pic.twitter.com/pwf5ThvHJB
— Sidhant Sibal (@sidhant) July 21, 2021
ހައެއް މެއިގެ ހަމަލާއަށްފަހު ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ ބަސްދީގަތުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރައި، އިންޑިއާއާއެކު މަސައްކަތްކުރަން ނިންމަންވެއްޖެކަމަށެވެ. އަދި ޗައިނާއަށްވުރެ ރާއްޖެ އިންޑިއާއާ ގާތްވާންޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އިންޑިއާއަށް ވަރަށް ބޮޑަށް ތަޢުރީފު ކުރަށްވައި އިންޑިއާއިން ރާއްޖެއަށް ވަރަށް ބޮޑެތި އެހީތައް ދެމުންދާކަމަށް ފާހަގަ ކުރެއްވިއެވެ. އަދި "އިންޑިއާ ފަސްޓް" ސިޔާސަތާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަންވެސް ނިއުދިއްލީއަށް އެމަނިކުފާނު ދެންނެވިއެވެ.
ރައީސް ނަޝީދު ތަކުރާރުކޮށް ޗައިނާއަށް ފާޑުވިދާޅުވަމުންދަވާއިރު، ރައީސް ނަޝީދު ވިދާޅުވާގޮތުން ޗައިނާއިން އުޅެނީ ދަރަނި ދަންތުރައެއްގައި ރާއްޖެ ޖެއްސުމަށެވެ. ނަމަވެސް ޗައިނާގެ އޮފިޝަލުން ރައީސް ނަޝީދުގެ ވާހަކަތައް އަބަދުވެސް ދޮގުކުރައްވައެވެ. އެގޮތުން ރާއްޖެއިން ދައްކަންޖެހޭ ލޯނުތަކަށް ލުއިތައް ދީފައިވާކަންވެސް ޗައިނާއިން ވަނީ ހާމަކޮށްފައެެވެ.
ކިޔުންތެރިންގެ ހިޔާލު