ސަރުކާރުގެ ތެރޭގައި އަޑީ ދައުލަތެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވާތީ އެމްޑީޕީ މަޖިލިސް މެމްބަރުންގެ ފާޑުކިޔުން އިމްރާނަށް އަމާޒުވެެއްޖެއެވެ.



ސަރުކާރުގެ ތެރޭގައި "އަޑީ ދައުލަތެއް" ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ. ޢެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އަނދިރި ދައުލަތެއް އޮތްކަމަށް ރާއްޖޭގެ ކައުންޓަ ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ވިދާޅުވެފައިވާއިރު، މިނިސްޓަރު އިމްރާނަށް އެކަން ސާފުނުވެ އޮތުމަކީ މައްސަލައެއް ކަމަށެވެ. އަދި އިމްރާންގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުން ކަމަށްވާއިރު، އެ އަދަދަށް މެމްބަރުން ހަމަކުރެވެން އޮތީ އަނދިރި ދައުލަތް ރުއްސައިގެން ކަމަށް ބޮންޑޭ ތުހުމަތުކުރެއްވި އެވެ.





މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން ރޭ މިނިސްޓަރު އިމްރާން މީޑިއާތަކުގައި އެކަމުގައި މާބޮޑު މައްސަލައެއް ނެތޭ ވިދާޅުވެ ވާހަކަ ދެއްކެވި ކަމަށެވެ. އަދި މިހާރު މި ވާހަކަތަކާއި، ހަރުކަށި ފިކުރާއި ގުޅިގެން މީގެކުރިން ދައްކަވާފައިވާ ވާހަތަކާއި ހާމަކުރައްވާފައިވާ މައުލޫމާތުތައް އޮޅޭގޮތަށް ވާހަކަ ދައްކަވަނީ ކޮން ކަމެއް ފޮރުވަންތޯ ވިދާޅުވެ ވައްޑެ ވަނީ ސުވާލު އުފައްދަވާފައެވެ.

ހޯމް މިނިސްޓަރ އިމްރާން އަބުދު ﷲ ވިދާޅުވީ، ރާއްޖޭގައި ހަރުކަށި ފިކުރަށް ތާޢީދުކުރާ 1400 އެއްހާ މީހުން ނުވަތަ އެއަށްވުރެ އިތުރު އަދަދެއް އުޅޭކަމަށެވެ. ނަމަވެސް މިރާއްޖާގައި އަޑީސަރުކާރެއް އޮންނަ ކަމަށް ރައީސް ނަޝީދާއި އަދި ސިފައިންގެ އިސް ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތުތަކަށް ވަޒީރު އިމްރާން ވަނީ ދެކޮޅު ހައްދަވައި އެފަދަ ސަރުކާރެއް މިރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވީ މިސަރުކާރުން ރާއްޖެ އަފްޣާނިސްތާނަށް ވާން ފުރުސަތު ނުދޭނެ ކަމަށާއި، ކަންކަން އޮންނަ މިންވަރަށްވުރެ ބޮޑު ކުރުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

އަޑީ ދައުލަތެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވި ނަމަވެސް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ އިސްވެރިޔާ ޒަކަރިއްޔާ މަންސޫރު ދާދިފަހުން މަޖިލީހުގެ ކޮމެޓީގައި ވިދާޅުވީ ރާއްޖޭގައި ހަރުކަށިކަމާއި ހައްދުފަހަނާއަޅާފައިވާ މިންވަރަށް ބަލާއިރު ރާއްޖޭގައި ދައުލަތުގެ ތެރޭގައި "އަނދިރި" ނުވަތަ ހައްދުފަހަނާއެޅި ފިކުރުގެ ދައުލަތެއް އެބަ ހިނގާ ކަމަށެވެ.

ދިވެހިންގެ ތެރޭގައި ހަރުކަށި ފިކުރުތަކަށް ތަބާވާ 1400 އަށްވުރެ ގިނަ މީހުން އުޅޭކަން ސަލާމަތީ ބާރުތަކުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން