އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އެމްޑީޕީން ހަރުކަށި ފިކުރު ސިޔާސީ ހަތިޔާރަކަށް ބޭނުންކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް އެއްބަސްވެ ވަޑައިގެންފިއެވެ.

މެންބަރު ރޮޒައިނާ އެކަމަށް އެއްބަސްވެ ވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ބްރިގޭޑިޔާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީ ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ޖެނެރަލްޑީޑީ ވިދާޅުވެފައިވަނީ، 2008 ވަނަ އަހަރު އެމްޑީޕީގެ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ކުރި ހޯއްދެވިފައިވަނީ ހަރުކަށި ފިކުރުގެ މީހުންގެ އެހީގައި ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި އއ. ހިމަންދޫން ހައްޔަރު ކުރި ހަރުކަށި ފިކުރުގެ މީހުން ޖަލުން ދޫކޮށްލި ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ހަރުކަށި ފިކުރާ ދެކޮޅަށް ޕްރޮފެޝަނަލް މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ.

ޖެނެރަލް ޑީޑީ ވިދާޅުވީ އެމްޑީޕީން ހަރުކަށި ފިކުރު ބޭނުން ކުރަމުން ގެންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށެވެ. ޖެނެރަލް ޑީޑީއާ އެއްބަސްވެ ވަޑައިގަންނަވަމުން 2008 ވަނަ އަހަރު ރައީސް މައުމޫންގެ ޑީއާރުޕީގައި އިސްކޮށް އުޅުއްވި ރޮޒައިނާ ވިދާޅުވީ، އެއީ ތެދު ހަޤީޤަތް ކަމަށާއި އަދި އޭނާއާއި އިބްރާހިމް ދީދީ އެގޮތަށް ވާހަކަދެއްކެވުމުން ބައެއް މީހުންނަށް އެކަން ކަމުނުދާނެ ކަމަށެވެ.



ޖެނެރަލް ޑީޑީ އިތުރަށް ވިދާޅުވީ ޙަޤީޤަތް ހާމަކުރަށްވަން ލަދު ނުގަންނަ ކަމަށާއި، ބިރުވެސް ނުގަންނަ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ފިކުރާ ދެކޮޅަށް ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ޖެނެރަލް ޑީޑީ ވިދާޅުވިއެވެ.

ޖެނެރަލް ޑީޑީގެ ވާހަކަތަކަށް މެންބަރު ރޮޒައިނާ އެއްބަސްވެވަޑައިގެންފައިވާއިރު، ރައީސް ސާލިހުގެ ސަރުކާރަކީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް އެހީތެރިވާ ސަރުކާރެއްކަމަށް ދޭހަވާފަދަ ގޮތަކަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ރާއްޖޭގައި އިންތިޚާބުތައް ކާމިޔާބު ކުރެވެނީ ހަރުކަށި މީހުންގެ އެހީގައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވާގޮތުން ރާއްޖޭގައި ގޮތް ނޭނގޭ އަނދިރި ދައުލަތެއް އޮވެއެވެ. އަދި އެމީހުންގެ މަގްސަދަކީ ރާއްޖެ އަފްގާނިސްތާން ފަދަ ހަނގުރާމަ ހިނގާ ގައުމަކަށް ބަދަލުކުރުންކަމަށް ދޭހަވާގޮތަށް ރައީސް ނަޝީދު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން