މޭމަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ އެންމެ ފުނަށް ވާސިލުވެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުޤައްރިރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވެފައި މިވަނީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަަމަލާއާ ގުޅޭ ވަރަށް ފުރިހަމަ މައުލޫމާތުތަކެއް ފުލުހުން އާއްމުކޮށްފައި ވަނިކޮށެވެ.

ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީގެ މުޤައްރިރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުޤީޤުގައި ފުލުހުން ހޯއްދަވަމުން ގެންދަވާ ކުރިއެރިއެރުންތަކަށް ތައުރީފުކުރައްވާކަމަށެވެ. އަދި މި ތަޚްޤީގު ނިމޭއިރު މި ހަމަލާގެ އެންމެ ފުނަށް ވާސިލުވެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.





ފުލުހުން ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވަނީ 6 މޭގެ ހަމަލާއާ ގުޅިގެން މިހާތަނަށް ލިބިފައިވާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެވެ. އެގޮތުން ހަމަލާދިނުމަށް ރޭވި ހިސާބުން ފެށިގެން، ހަމަލާދިނުމަށްފަހު އެމީހުންގެ އަމަލުތައް ހުރި ގޮތްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އެމީހުންގެ މަޤްޞަދާއި، އެކަން ކުރި ނިޔަތްވެސް ފުލުުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިކަމަށް ޚަރަދުކުރީ ނުވަތަ ފައިސާ ދިނީ ކޮންބައެއްކަމާމެދު އުފައްދާ ސުވާލަށް ޖަވާބު ދެމުން ފުލުހުން ބުނީ މިހާތަނަށް މިހަމަލާއަށް އެއްވެސް ފަރާތަކުން ފަންޑުކޮށްފައިވާކަން ސާބިތުވާ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށެވެ.

މިހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ރާއްޖެއާއި ޖަރުމަން ވިލާތުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން