މާތް الله ހުއްދަ ކުރެއްވި ކަމެއްގައި މެނުވީ އިންސާނާގެ ފުރާނަ ދުއްވާ ނުލެވޭނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދީފައިވަނީ އެމަނިކުފާނަކީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހެއްކަމަށްބުނެ، އެމަނިކުފާނު މަރާލުމުގެ މަޤްޞަދުގައިކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ.





ޑރ. އިޔާޒު ވިދާޅުވީ އިންސާނާގެ ފުރާނައަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްކަމަށެވެ. އަދި الله ހުއްދަ ކުރެއްވި ކަމެއްގައި މެނުވީ އިންސާނާގެ ފުރާނަ ދުއްވާ ނުލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް މީހެއްގެ މައްޗަށް ޘާބިތުވެއްޖެކަން ކަނޑައަޅާނީ ޝަރްޢީ ކޯޓުތަކުންކަމަށާއި އަދި ތަންފީޛު ކުރާނީ ދައުލަތުންކަމަށްވެސް އިޔާޒު ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުން އަމިއްލައަށް ކުރެވޭނެ އަދި ކޮށްގެންވާނެވެސް ކަމެއް ނޫންކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.



އިޔާޒު ވިދާޅުވީ މުޖްތަމަޢުގެ ހަމަޖެހުމާއި މަސަލަސްކަމަށް ރިޢާޔަތްކުރުމަކީ ކޮންމެ މީހެއްގެވެސް ފަރްދީ ޒިންމާއެއްކަމަށެވެ. އަދި އަނިޔާވެރި ޢަމަލުތައް ހުއްޓުވޭނީ ޅަފަތުން ފެށިގެން އިސްލާމީ ތަރްބިއްޔަތު ދެވި, މުޖްތަމަޢުގައި ޢަދުލު އިންޞާފު ގާއިމް ކުރެވިގެންކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.



އިޔާޒު ވިދާޅުވީ ބާރުގަދަ މީހާއަށް މޮޅުގޮތް, ނިކަމެތި މީހާއަށް ނިކަމެތިގޮތް އޮންނަ އުޞޫލު ބަދަލު ކުރަންޖެހޭކަމަށެވެ. ނޫންނަމަ ކިތަންމެ ތަރައްގީއެއް ގެނައިނަމަވެސް އެކަމުގެ މަންފާއެއް ނުކުރާނެކަމަށާއި އަދި މުޖްތަމަޢުގެ އަފްރާދުންނަށް ހަމަޖެހިގެން އުޅެވޭނެ ގޮތެއްވެސް ނޯންނާނެކަމަށް އިޔާޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން