ރޭ ފަތިހުއައި ގަދަވަޔާއެކު ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އެރުމުގެ ސަބަބުން އެއަރޕޯޓް ބަންދުކޮށް، މިއަދު ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކޮށްފިއެވެ.
ހޯރަފުށީ އެއާޕޯޓުގެ ރަންވޭއަށް ވެލި އެރުމުގެ ސަބަބުން ދަތުރުތައް ފަސްކޮށްފައިވާއިރު، މި އަހަރުގެ ކުރީކޮޅުވެސް އާދަޔާ ހިލާފަށް މޫސުން ގޯސްވުމުގެ ސަބަބުން ރާޅާއެކު ގަލާއި ވެލި އަރައި ހޯރަފުށި އެއަރޕޯޓްގެ ދަތުރުތައް ހުއްޓާލަން ޖެހުނެވެ. އަދި އެފަހަރު އެއާރޕޯޓް ރަންވޭއަށް ބޮޑެތި ގެއްލުންތަކެއް ލިބި މަރާމާތު ކުރަން ވެސް ޖެހުނެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެއަރޕޯޓަށް ދިމާވި މައްސަލަތަކާއި ގުޅިގެން މާލެއިން ހޯރަފުއްޓަށް މިއަދު ކުރަން ހަމަޖެހިފައިވާ ދަތުރުތައް ވަނީ މާދަމާއަށް އަލުން ތާވަލު ކޮށްފައެވެ.
ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މޯލްޑިވިއަނުން ދަތުރުތައް ކެންސަލްކުރިކަން އަންގާފައިވަނީ އެއާޕޯޓަށް ގޮސް ޗެކިންވެސް ނިންމި ފަހުންނެވެ. އަދި ދަތުުރު އަލުންކުރާނެ ވަގުތެއް ނާންގާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ. މީގެއިތުރުން 72 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓާއެކު ދަތުރުކުރަންޖެހޭއިރު، މިއަދު ދަތުރުކުރަންޖެހޭ މީހުންގެ ޕީސީއާރު ޓެސްޓުގެ ވަގުތު ހަމަވާނެތީ އެކަމުގެ ޝަކުވާވެސް ބައެއް ފަރާތްތަކުން ކުރެއެވެ.
ހޯރަފުށީ އެއާޕޯޓަކީ އެމްޑީޕީން އެދާއިރާގެ މަޖިލިސް ގޮނޑި ހޯދުމަށް ވަރަށް އަވަސް އަރުވާލައިގެން ރަނގަޅަށް ދިރާސާނުކޮށް ކޮށްފައިވާ މަސައްކަތެއްކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު