ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަވަން އޮތީ ހިތްޕުޅާއީ ހަށިކޮޅާއި މޭފުޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބޭއްވި ނޫސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޟް ވަނީ، މެއި 6 ގެ ހަމަލާގެ ކުރީކޮޅު ރައީސް ނަޝީދުގެ ބަޔާން ނަގަންވެގެން މަސައްކަތް ކުރި ކަމަށާއި، އޭރު ބަޔާން ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ޖަރުމަނު ވިލާތަށް ވަޑައިގެން ފަހުންވެސް ބަޔާން ނަގަން މަސައްކަތް ކުރެއްވި ކަމަށާއި އަދި މިހާތަނަށް ރައީސް ނަޝީދުގެ ބަހެއް މިކަމުގައި ލިބޭގޮތް ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ޓެގް ކުރައްވާ މިއަދު ވިދާޅުވެފައިވަނީ ބަސްފުޅަކަށްވެސް އަދި ބަޔާނަކަށްވެސް ދައްކަވަން އޮތީ، "ޖާނާއި ހިތާއި މޭ" ކަމަށެވެ. އަދި "ހިތާއި މޭ ހިބައިން ލިޔެ ދިނީމާވެސް ނުވީނޫންތޯ؟" އޭ ވިދާޅުވެ ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާ ފައެވެ.



ފުލުހުން ރޭ ބުނެފައިވަނީ ރައީސް ނަޝީދަށް މެއި ހަވަނަ ދުވަހު ދިން ހަމަލާ ދީފައިވަނީ ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް އާ ގުޅުން ހުރި ބައެއް ކަމަށެވެ. އަދި އެ ޙަމަލާ ރާވާ ހިންގުމުގައި އިސްކޮށް އުޅުނު 6 މީހެއްގެ ތަޙުޤީޤު މިހާރުވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް ފުލުހުން ރޭ ވަނަވަރު އާންމުކޮށްފައިވަނީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ކ. މާލެ ކުދެހިގެ އިސްހާގު، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީ، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް، ހއ. މުޅަދޫ ބަހާރުގެ އަބްދުﷲ އަލި މަނިކު، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމް އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް 23، އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން