ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އުފައްދަވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ލޯގޯ ދައްކާލައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހަންމަދު ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ލޯގޯ މިއަދު އާއްމުކޮށްފައިވަނީ، އެޕާޓީގެ ޓްވިޓާ އެކައުންޓުންނެވެ. ޕާޓީގެ ކުލައިގެ ގޮތުގައި ތިން ކުލައެއް ހިމެނެއެެވެ. އެއީ ފެހި، ގަދަ ނޫކުލަ އަދި ހުދު ކުލައެވެ. ހުދުކުލައިގެ ހަނދު ފަޅިއެއްގެ ތެރޭގައި ހުދު ތަރިތަކަކާއިއެކު، ފެހިކަން ގަދަ ދިވެހި ރުކެއް ހިމެނޭއިރު ނޫކުލަ ބޭނުންކޮށްފައިވަނީ ލޯގޯގެ ބޭރުގައެވެ. މި ލޯގޯ އާއްމުކޮށްފައި ވީނަމަވެސް ލޯގޯ ރަމްޒްކޮށްދެނީ ކޮންކޮން ކަންތައްތަކެއް ކަމެއް އެޕާޓީން ހާމައެއް ނުކުރެއެވެ.

އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން، އީސީއަށް ފޯމު ހުށައެޅުއްވީ ޕާޓީގެ މަސްއޫލުވެރިއާގެ ހައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމެވެ. ޕާޓީ ހިންގުމަށް މިމަހުގެ 15 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ. ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަންވެސް ކުރެއްވި މެމްބަރު އުޝާމް ވިދާޅުވެފައިވަނީ އެ ޕާޓީއަކީ ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒާއި، މުހައްމަދު ނަޝީދު އަބްދުﷲ ގެ އިތުރުން އަބްދުލް މުހުސިން ހަމީދު ގުޅިގެން އުފައްދާ ޕާޓީއެއް ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން