ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރަން ފުލުހުންނަށް ފުރުސަތު ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަން ރައީސް، މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ 9:00 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ކުއްލި ނުރައްކަލުގެ ގަރާރު ހުށައެޅުއްވުމަށް ރައީސް މުހަންމަދު ނަޝީދު ވަނީ ނިއްމަވާފައެވެ. ރައީސް ނަޝީދު ހުށަހަޅުއްވަން ނިންމަވާފައިވާ ގަރާރުގެ ކޮޕީއެއް މިހާރު ވަނީ އާންމުވެފައެެވެ.

ލީކުވެފައިވާ އެކޮޕީގައި، މޭ ހަވަނަ ދުވަހު ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޓެރަރިސްޓުން ހިފާހައްޔަރުކުރުމަށް ފުލުހުންނަށް ފުރުސަތު ދިނުމަށް ތާއިދުކުރުމަށް ވަނީ ގޮވާލާފައެވެ. އެގޮތަށް ގޮވާލާފައިވަނީ ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށް، ފުލުހުންނަށް ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ދިނުމަކީ އެމްޑީޕީން ދެކޭ ގޮތް ކަމަށް ފާސްކުރަން އެ ގަރާރުގައިވެއެެވެ.

ނަމަވެސް މިރޭ ބާއްވާ އެމްޑީޕީ ގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެންމެ ކަމެކެވެ. އެޖެންޑާގައި އޮތީ ދިވެހި ފުލުހުންގެ ހިދުމަތުންނާއިި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތުގެ މައްޗަށް، ސަރުކާރުން އަމަލުކުރަންވީގޮތްކަމަށް އެމްޑީޕީން ދެކޭގޮތް ހާމަކުރުންކަމަށް އެމްޑީޕީން ބުނެ އެެވެ. އަދި އެ ބައްދަލުވުން ކުރިއަށްގެންދާނީ އޮންލައިންކޮށް (ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް) ކަމަށް އެމެސެޖްގައިވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން