ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ކުއްލި ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހަންމަދު ނަޝީދު އެދިވަޑައިގެންފައިވަނީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕަށް އެ މަނިކުފާނު ފޮނުއްވި މެސެޖެއްގަ އެވެ.

ރައީސް ނަޝީދު އެގޮތަށް އެދިވަޑައިގެންފައިވަނީ އެ މަނިކުފާނު އަވަހާރަކޮށްލަން މިދިޔަ މެއިމަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ކަންކަމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ގޮވާލައްވައިފަ އެވެ. އަދި މިރޭ ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހަށް އެކަމަށް ގޮވާލާ ގަރާރެއް ހުށައެޅުއްވުމަށް ރައީސް ނަޝީދު ވަނީ ނިއްމަވާފައެވެ.

ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. މަޖިލިހުގެ ގަވާއިދު ބުނެފައިވަނީ ދައުރުން ބޭރުން ކުއްލި ޖަލްސާއެއް ބޭއްވޭނީ ވަކި އަދަދެއްގެ މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން