ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކުރި ނަމަވެސް 142 މެންބަރުން ތިއްބަވާ ގައުމީ މަޖިލީހުން ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރަށްވަނީ 39 މެންބަރުންކަން ހާމަވެއްޖެއެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 180 ވަނަ ބައްދަލުވުމުގައި އެ ގަރާރު ހުށައެޅުއްވީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދެވެ. ރައީސް ނަޝީދު ހުށައެޅުއްވި ގަރާރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އެ ގަރާރު ފާސްކުރަން ވޯޓް ދެއްވީ އެންމެ 39 މެމްބަރުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި 148 މެންބަރުން ތިއްބަވައެވެ.
އެ ގަރާރުގައި ހުށައަޅާފައިވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި، ޕްރޮސިކިއުޓަ ޖެނަރަލް ހުސެއިން ޝަމީމް ދެއްވި މައުލޫމާތުގެ އަލީގައި ސަރުކާރު ދެން އަމަލުކުރަންވީ ގޮތްކަަމަށް އެމްޑީޕީން ދެކޭގޮތް ހާމަކުރުމަށެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅުއްވި ގަރާރަށް ބަހުސް ކުރުމަށް މިރޭ ބޭއްވި ޖަލްސާ އެމްޑީޕީ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައީސް ސޯލިހް ފެކްޝަނަށް ނިސްބަތްވާ ހުރިހާ މެންބަރުން ވަނީ ބޮއިކޮޓް ކޮށްފައެެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވަނީ ގޮވާލައްވާފައެވެ. އަދި އެކަމަށްޓަކާ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަވައި ދިނުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު