އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ބޭނުންފުޅުވި ނަމަވެސް ޖަލު ހުކުމެއްގައި ހުންނެވި އިދިކޮޅު ލީޑަރު، ރައީސް އަބުދު ﷲ ޔާމިނާއި މަޝްވަރާކުރެއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބުދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިޔާއަކުން މިއަދު ހެނދުނު ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވީ، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން މިވަގުތު ހުންނެވީ ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ކަމަށެވެ. އެހެންކަމުން ރައީސް ޔާމިނަށް ބޭރަށް ނުކުމެވަޑައިގެން މީހުންނާއި ވާހަކަ ދައްކަވައި އެފަދަ ކަމެއް ކުރަން ފުރުސަތު ނެތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ، "ސަލާމަތުން" ތިބި މީހުން އެއްބަޔަކު އަނެއް ބަޔަކާއި ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.
"އެ ނޫންގޮތަކަށް ތިބި ޒައީމުން ރައްޔިތުން ކޮޅު ކޮޅަށް ދުވެ ބައިބައިވެ އެއްބަޔަކު އެއްގޮތަކަށް ޚިޔާލު ހުރި މީހުން ޕާޓީއެއް ހަދައި ސޮއިކުރުމަކީ ހަމަ ވެދާނެ ކަމެއް، މިހާރު ވަމުން އެދަނީ ބައިވަރު ޕާޓީތަކެއް އުފެދުމުން އެދަނީ." ރާއްޖޭގެ ތިރީސް އަަހަރު ވެރިކަންކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ ހުކުމެއްގައި ހުންނަވަނިކޮށް ރައީސް ޔާމީން ނުކުމެވަޑައިގެން ރިޔާސީ އިންތިޚާބެއްގައި ވާދަ ކުރެއްވިގެން ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ޝަރީއަތް ނިމި، މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވީ ރައީސް މައުމޫނުގެ ތާއީދާއެކު އެމަނިކުފާނުވެސް ކުރެއްވި މަސައްކަތްޕުޅުން ކަމަށް ވިޔަސް ސަރުކާރުގެ ތެރޭގައި އުފެދުނު މައްސަލަ ތަކުގެ ސަބަބުން ރައީސް މައުމޫނު ފަހުން މަސައްކަތް ކުރެއްވީ އިދިކޮޅާއި ގުޅިވަޑައިގެން ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައުމަށެވެ. އެގޮތުން އެމަސައްކަތުގެ ތެރޭގައި އެއްބަފާ ކޮއްކޯފުޅު، ރައީސް ޔާމީންގެ ވެރިކަން، ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ރައީސް މައުމޫން ޖަލަށްލައި އެމަނިކުފާނުގެ މައްޗަށް ދަޢުވާ ވެސް އުފުލިއެވެ. މި މައްސަލަގަނޑުގެ ތެރޭގައި ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫން ވެސް ޖަލަށްލިއެވެ. ފާރިޝް މައުމޫނަކީ ބޮޑުބޭބޭފުޅު ރައީސް ޔާމިންގެ ވެރިކަމާއި ދެކޮޅަށް ނުކުމެ ވަޑައިގެން އެވެރިކަން ނިންމުމަށް އެންމެ ހިތްވަރާއެކު މަސައްކަތް ކުރެއްވި އެއް ފަރާތެވެ. އެހެން ނަމަވެސް މިސަރުކާރު އައި ފަހުން ފާރިޝްގެ ސިޔާސީ އެއްވެސް ހަރަކާތެއް ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު