އަމިއްލަ މަންފާއަށް ދީފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނަމަ، ޑިމޮކްރަސީގެ ސިފަތައް ގެއްލި، އަނިޔާވެރި ވެރިކަމެއްގެ ސިފަ ޖެހިގެންދާނެ ކަމަށް މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވަނިކޮށެވެ.
ޝަރީފް ވިދާޅުވީ، ހެދިފައި ހުރި ގާނޫނުތަކަށް ދައުލަތުން ތަބާވާންޖެހޭކަމަށާއި، ތިމާ ހިތްހަމަނުޖެހޭ ފަރާތްތަކަށް އަނިޔާވެރިވުމަށް، ލިބިފައި އޮތް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނުވާނެކަމަށެވެ. އަދި ގާނޫނުތައް ތަންފީޒުކުރަން ވާނީ އިންސާފާއި ހަމަހަމަކަމާއެކުގައި ކަމަށާއި، ކޮންމެ ރައްޔިތެއްގެ ހައްގަށްވެސް ރައްކާތެރިވެ، އިހްތިރާމް ކުރަންޖެހޭނެކަމަށެވެ.
ޝަރީފް ވިދާޅުވީ ޓެރަރިޒަމާއި އެނޫންވެސް ޖިނާއި ކުށްތައް ކުރާ ފަރާތްތައް ހައްޔަރުކޮށް، މައްސަލަތައް ތަހުގީގްކޮށް، ފިޔަވަޅު އެޅޭނެ ގާނޫނުތައް އެބަހުރިކަމަށެވެ. އަދި ޑިމޮކްރެޓިކް ގައުމުތަކުގައި ގާނޫނުތައް ތަންފީޒުކުރަން ޖެހޭނީ ހަމަހަމަކަމާއި އިންސާފާއެކުކަމަށާއި ކޯޓުގައި ސާބިތުކޮށް ނުދެވޭނެ ހެއްކެއްގެ މައްޗަށް ބިނާކޮށް މީހުން ހައްޔަރުކޮށްގެން، ދައުވާކުރެވިގެން ނުވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ވެރިކަންކުރާ ޕާޓީން ރައީސަށް މަޖުބޫރުކޮށްގެން ސްޓޭޓް އޮފް އިމަޖެންސީ ހިންގައި، އިޖުރާއަތުތަކާއި ހިލާފަށް ބަޔަކު ހައްޔަރުކޮށްފިނަމަ މިއީ ޑިމޮކްރެޓިކް ގައުމެކޭ ނުބުނެވޭނެ. ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނުވާނެ." ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މިފަދަ ޚިޔާލުފުޅުތަކާ ދެކޮޅަށް ވަރަށް ފާޅުގައި ވަކާލާތުކުރަށްވާ އައްޑޫ ޝަރީފް ވިދާޅުވީ ސްޓޭޓް އޮފް އިމަޖެންސީގައިވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަންޖެހޭކަމަށެވެ. އަދި ކުށްތައް ހުއްޓުވުމަށްކަމަށް ބުނެ ރައްޔިތުންނާއި ދެކޮޅަށް ގާނޫނުތަކާއި ސަލާމަތީ ބާރުތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މިއީ ހުދުމުހުތާރު އަނިޔާވެރި ވެރިކަމަކަށް ބަދަލުވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"މީހުން މެރުމާއި ޓެރަރިޒަމާއި ދެކޮޅަށް ފިޔަވަޅު އެޅޭނެ ގާނޫނުތައް އެބަހުރި. އެހެންކަމުން ރައީސަށް ލިބޭ ބާރު ނަހަމަ ގޮތުގައި ހިފައި، ސްޓޭޓް އޮފް އިމަޖެންސީ ހިންގައިގެން މީހުން ހައްޔަރުކޮށްގެން ނުވާނެ. ރައީސް ސާލިހުގެ ސަރުކާރަށް ލިބިފައިވާ މަގްބޫލްކަމާއި، މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު މިއީ ބޭނުންކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރި ނަމަވެސް 148 މެންބަރުން ތިއްބަވާ ގައުމީ މަޖިލީހުން އެ ގަރާރަށް ލިބުނީ 39 މެންބަރުންގެ ވޯޓެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 180 ވަނަ ބައްދަލުވުމުގައި އެ ގަރާރު ހުށައެޅުއްވީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދެވެ. ރައީސް ނަޝީދު ހުށައެޅުއްވި ގަރާރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އެ ގަރާރު ފާސްކުރަން ވޯޓް ދެއްވީ އެންމެ 39 މެމްބަރުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި 148 މެންބަރުން ތިއްބަވައެވެ.

If we @ibusolih is forced by his own party to declare a state of emergency to arrest citizens en masse,even those suspected of terrorism without due process n without evidence,we can not longer claim as a democracy anymore.We shall not abuse our brutal majority @MohamedNasheed
— Ibrahim Shareef (@AdduShareef) July 26, 2021
ޝަރީފް ވިދާޅުވީ ޓެރަރިޒަމާއި އެނޫންވެސް ޖިނާއި ކުށްތައް ކުރާ ފަރާތްތައް ހައްޔަރުކޮށް، މައްސަލަތައް ތަހުގީގްކޮށް، ފިޔަވަޅު އެޅޭނެ ގާނޫނުތައް އެބަހުރިކަމަށެވެ. އަދި ޑިމޮކްރެޓިކް ގައުމުތަކުގައި ގާނޫނުތައް ތަންފީޒުކުރަން ޖެހޭނީ ހަމަހަމަކަމާއި އިންސާފާއެކުކަމަށާއި ކޯޓުގައި ސާބިތުކޮށް ނުދެވޭނެ ހެއްކެއްގެ މައްޗަށް ބިނާކޮށް މީހުން ހައްޔަރުކޮށްގެން، ދައުވާކުރެވިގެން ނުވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ވެރިކަންކުރާ ޕާޓީން ރައީސަށް މަޖުބޫރުކޮށްގެން ސްޓޭޓް އޮފް އިމަޖެންސީ ހިންގައި، އިޖުރާއަތުތަކާއި ހިލާފަށް ބަޔަކު ހައްޔަރުކޮށްފިނަމަ މިއީ ޑިމޮކްރެޓިކް ގައުމެކޭ ނުބުނެވޭނެ. ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނުވާނެ." ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މިފަދަ ޚިޔާލުފުޅުތަކާ ދެކޮޅަށް ވަރަށް ފާޅުގައި ވަކާލާތުކުރަށްވާ އައްޑޫ ޝަރީފް ވިދާޅުވީ ސްޓޭޓް އޮފް އިމަޖެންސީގައިވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަންޖެހޭކަމަށެވެ. އަދި ކުށްތައް ހުއްޓުވުމަށްކަމަށް ބުނެ ރައްޔިތުންނާއި ދެކޮޅަށް ގާނޫނުތަކާއި ސަލާމަތީ ބާރުތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މިއީ ހުދުމުހުތާރު އަނިޔާވެރި ވެރިކަމަކަށް ބަދަލުވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"މީހުން މެރުމާއި ޓެރަރިޒަމާއި ދެކޮޅަށް ފިޔަވަޅު އެޅޭނެ ގާނޫނުތައް އެބަހުރި. އެހެންކަމުން ރައީސަށް ލިބޭ ބާރު ނަހަމަ ގޮތުގައި ހިފައި، ސްޓޭޓް އޮފް އިމަޖެންސީ ހިންގައިގެން މީހުން ހައްޔަރުކޮށްގެން ނުވާނެ. ރައީސް ސާލިހުގެ ސަރުކާރަށް ލިބިފައިވާ މަގްބޫލްކަމާއި، މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއެކު މިއީ ބޭނުންކަމެއް ނޫން." ޝަރީފް ވިދާޅުވިއެވެ.
except in the most unusual circumstances the majority must make concessions n allow others to express their opinions.The state must give protection to each n every citizen as to enlist their loyalty.we should not destabilise the government for the sake narrow n personal interests
— Ibrahim Shareef (@AdduShareef) July 26, 2021
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކުރި ނަމަވެސް 148 މެންބަރުން ތިއްބަވާ ގައުމީ މަޖިލީހުން އެ ގަރާރަށް ލިބުނީ 39 މެންބަރުންގެ ވޯޓެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 180 ވަނަ ބައްދަލުވުމުގައި އެ ގަރާރު ހުށައެޅުއްވީ އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދެވެ. ރައީސް ނަޝީދު ހުށައެޅުއްވި ގަރާރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އެ ގަރާރު ފާސްކުރަން ވޯޓް ދެއްވީ އެންމެ 39 މެމްބަރުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި 148 މެންބަރުން ތިއްބަވައެވެ.
ކިޔުންތެރިންގެ ހިޔާލު