މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކޮށްދޭން ހައިކޮމިޝަނުން އެދިފައިނުވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ދާއިމީކޮށް ބަންދު ކުރުމަށް ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ސަރުކާރުގައި އެދިފައިވާކަމަށް ބުނެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ހަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ހައިކޮމިޝަނުގެ އިރަށް އޮންނަ ލޮޓަސް ގޯޅި ބަންދުކޮށްދޭން ހައިކޮމިޝަނުން އެދިފައި ނުވާ ކަމަށެވެ. އަދި ހައިކޮމިޝަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ސަލާމަތީ ހިދުމަތްތަކުންކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
އިންޑިއާ ހައިކޮމިޝަނާއި ގުޅޭގޮތުން އަނެއްކާވެސް ހަބަރުތަކެއް ފެތުރިފައިވާއިރު، ރާއްޖޭގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށް ވީހިނދު، ދިވެހިރާއްޖެއާއި އަވައްޓެރި ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ޤައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާގޮތަށް ކުރާ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާތީ، ފުލުހުން ވަނީ މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިންޑިއާ ހައިކޮމިޝަނާއި ޗައިނާގެ އެމްބަސީގެ އެދުމުގެ މަތިން މިމަހުގެ ކުރީކޮޅު އެދެތަނުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު