ކުރީގެ ރައީސް, ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަޖުބޫރުކޮށްގެން ސިފައިންގެއަށް މީހުން ވައްދަންޖެހުނު ސަބަބު އެމަނިކުފާނު ފުރަތަމަ ފަހަރަށް ހާމަކޮށްދެއްވައިފިއެވެ.

ޓީވީ ޕްރޮގްރާމެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވަނީ، އެމަނިކުފާނުގެ ޒައާމަތުގައި ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮތް ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތައުލީމީ ޒުވާނުން ނެތުމުން، އަސްކަރިއްޔާއަށް ތައުލީމީ ޒުވާނުން ހޯއްދެވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ތައުލީމީ ޒުވާނުން ވެއްދީ. އަންބަރީ އަބްދުއްސައްތާރަކީ އޭގެ ބޭފުޅެއް. ޓޫޓޫ ޒާހިރު، އާދަމް ޒާަހިރު، ހުސައިންފުޅު (ކާށިދޫ) މިކަހަލަ ތައުލީމީ ބޭފުޅުން ވެއްދީ ސިފައިންގެ ތެރެއަށް. އެއީ އެންމެ ބޮޑު އެއް މަސައްކަތް (އަސްކަރިއްޔާ ހަރުދަނާކުރަން ކުރެވުނު)." މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ސިފައިންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދެއްވިކަމަށެވެ.

ރައީސް މައުމޫނުގެ ވާހަކަފުޅުގައި އޭރު ސްކޫލް ނިންމާ ކުދިން ސިފައިންގެއަށް ވެއްދުމަށް މަޖުބޫރުކުރީވެސް އަސްކަރިއްޔާ ވަރުގަދަކުރުމަށް، ތައުލީމީ ޒުވާނުން ހޯދުމަށް ކުރި މަސައްކަތުގެ ދަށުންކަމަށް ވިދާޅުވިއެވެ.

"ސިފައިންގެ ތެރެއަށް ވަނުމަކީ ގިނަ ބަޔަކަށް ފަސޭހަކަމެއް ނޫން. އެއީ ވަރަށް އެހެން ކަހަލަ ދިރިއުޅުމެއް. ގަޑިން ގަޑިއަށް ކަންކަންކުރުމާއި، ނިދުމާއި ކެއުމާއި، އެގޮތަށް އަޅުގަނޑުމެންގެ ގިނަ މީހުން އާދަވެފައެއް ނެތް. އެމީހަކު ބޭނުންހާ ގޮތަކަށް އުޅެން ބޭނުންވަނީ، އެހެންވީމާ އެވީ އުނދަގޫ ކަމަކަށް. އެހެންވީމާ މަޖުބޫރުކޮށްގެން ސިފައިންގެ ތެރެއަށް ޒުވާނުންތަކެއް ވެއްދިން އެދުވަސްވަރު." ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ، ފުރަތަމަކޮޅު މަޖުބޫރުކޮށްގެން ސިފައިންގެއަށް ޒުވާނުން ވެއްދިޔަސް، ފަހުން އެހެން އެގޮތަށް އެކަން ކުރަން ޖެހިވަޑައިނުގެންނެވި ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ސިފައިންގެ ތެރޭގައި ތައުލީމީ ޒުވާނުން ގިނަ ވެގެންދިޔަކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-8

އެފެންޑީ

30-Jul-2021

މައްސަލަ އެއް ނޫން.. ދުނިޔޭގެ ގިނަ ގައުމުތަކުގަ ކަންކުރާ ގޮތް އެއީ.. އިޒްރޭލް ފަދަ ވަރުގަދަ އަސްކަރިއްޔާ އޮންނަ ގައުމު ތަކުގަ މުޅި އާބާދީ ގެ އެންމެން ސިފައިންގެއަށް ހިދުމަތް ކުރަން ޖެހޭ މަދުވެގެން 3 އަހަރު..


4

އެފެންޑީ

30-Jul-2021

މައްސަލަ އެއް ނޫން.. ދުނިޔޭގެ ގިނަ ގައުމުތަކުގަ ކަންކުރާ ގޮތް އެއީ.. އިޒްރޭލް ފަދަ ވަރުގަދަ އަސްކަރިއްޔާ އޮންނަ ގައުމު ތަކުގަ މުޅި އާބާދީ ގެ އެންމެން ސިފައިންގެއަށް ހިދުމަތް ކުރަން ޖެހޭ މަދުވެގެން 3 އަހަރު..