އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިރޭ ބައްދަލު ކުރައްވައިފި އެވެ.

އަލީ އާޒިމް ރައީސް، އިބްރާހިމް ބައްދަލު ކުރެއްވީ މިރޭ މުލިއާގޭގައެވެ. އެ ބައްދަލުވުމުން ތިން ގަޑިއިރަށް ދެމިގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. އާޒިމް ރައީސާއި ބައްދަލުކުރައްވާފައިވާއިރު، އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވެފައިވަނީ ރައީސް ސޯލިހާ، އެމްޑީޕީއާ އެއްވެސް ވަރަކަށް މުއާމަލާތް ނުކުރެވޭކަން ފާހަގަކުރެވޭ ކަމަށެވެ.

ރައީސް ސޯލިހާ މިރޭ ބައްދަލު ކުރެއްވުމަށްފަހު އަލީ އާޒިމް ވިދާޅުވީ، ރައީސް ސޯލިހާއެކު މިރޭ ބޭއްވީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އެމަނިކުފާނާއި ބައްދަލު ކުރެއްވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ސަބަބުން މަޖިލީހާއި އެހެން އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް  މުލިއާގޭގައި ރައީސާއި ބައްދަލު ކުރައްވާފައިވާއިރު އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދައުރުން ބޭރު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެދިވަޑައިގެންފައެެވެ. އަދި، އެކަމުގެ މަސައްކަތްތައް އެމްޑީޕީގެ ތެރޭގައި ފަށާފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހުރިހާ ޓެރަރިސްޓުން ހައްޔަރުކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީގެ ގައުމީ މަޖިލީހަށް ރައީސް މުހަންމަދު ނަޝީދު ހުށައެޅުއްވި ގަރާރެއް މަދު މެމްބަރުންގެ ވޯޓާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފައެވެ. ރޭގެ ގައުމީ މަޖިލީހުގައި އެ ގަރާރާ ދެކޮޅަށް އަލީ އާޒިމް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެ ގަރާރު ހުށައަޅާފައިވާއިރު އެކަމުގައި ރައީސް ސޯލިހާ މަޝްވަރާކޮށްފައި ނެތް ކަމަށް ވިދާޅުވެ ގަރާރު ފާސްކުރުމަށް އާޒިމް ވޯޓެއް ނުދެއްވައެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރ ރައީސް ޞާލިހާ މިރޭ ބައްދަލު ކުރެއްވިއިރު އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ވެސް ވަރަށް ބޮޑުވެފައެވެ. އެއް ފެކްޝަނުން ރައީސް ޞާލިހަށް ތާއިދުކުރާއިރު އަނެއް ފެކްޝަނުން ތާއިދުކުރަނީ ރައީސް މުހަންމަދު ނަޝީދަށެވެ. ރައީސް ނަޝީދު މިހާރު ވަނީ ސިޔާސީ ގޮތުން ރައީސް ޞާލިހާއި ގުޅުން ކަނޑާލެއްވިކަން އިއުލާން ކުރަށްވައި ސަރުކާރަށް ކުރާ ތާއިދު އަނބުރާ ގެންދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އިދިކޮޅު ޕީޕީއެމްއާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ވަނީ ފާޅު ކުރަށްއްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން