ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލަންޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ހައްދު ފަހަނައަޅައިދިއުމާއި ހަރުކަށި ވިސްނުމުގެ މައްސަލަ ބޮޑުވެ، އެކަމާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް ތުހުމަތުކޮށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.



ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލެވޭނީ ހަރުކަށި ފިކުރަކީ ކޮަބައިކަން ބުނެދީ އެފިކުރުގެ ނުބައި މަފްހޫމްތަކުގެ ޙަޤީޤަތް ރަނގަޅަށް ކިޔާދީގެންކަމަށެެވެ. އަދި ހަރުކަށި ފިކުރުން ޤައުމު ސަލާމަތްކުރުމަށްޓަކައި އިސްލާމީ ފަލްސަފާގެ އަލީގައި އިސްތިރާތީޖީ ޕްލޭނެއް އެކުލަވާލައި މަސައްކަތްކުރުމުން ވަރަށް މުހިންމުކަމަށް ޝަހީމް ވިދާޅުވިއެވެ.



ޝަހީމް ވިދާޅުވީ ހަރުކަށި ފިކުރަކީ ޤާނޫނީ ޢުޤޫބާތުން ނުވަތަ ވަޢުޡު އިރުޝާދުން އެކަނި ރަނގަޅު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ދިގުދެމިގެންވާ ޙައްލެއް ބޭނުންނަމަ އެކަމަށް ސީދާ އަމާޒުކޮށްގެން ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވަނީ އެމަސައްކަތުގައި އެއްވެސް މުއައްސަސާއަކުން އެހީތެރިކަމެއް ބޭނުންވާ ނަމަ ޝަހީމުގެ އެހީތެރިކަން ލިނޭނެކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ހަައްދުފަހަނައަޅާފައިވާ ފިކުރުގެ މައްސަލަ ބޮޑުވެފައިވާއިރު، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެންމެފަހުން ދިން ހަމަލާއަކީވެސް އެފަދަ ވިސްނުމުގެ ތެރެއިން ދީފައިވާ ހަމަލާއެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން