ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގައި ހަރާންކުރަށްވާފައިވާ ބަނގުރާ ހިއްޕަވާ ބޭފުޅެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ހާމަވެއްޖެއެވެ.

ޑޮކްޓަރެއް ލިޔުއްވާފައިވާ ކަމަށްބުނާ މި ލިޔުން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވީވެސް ރައީސް ނަޝީދު އަމިއްލަފުޅަށެވެ. ނަމަވެސް އެމަނިކުފާނު ފަހުން ވަނީ އެ ލިޔުން ޑިލީޓްކުރައްވާފައެވެ.

މި ލިޔުމަކީ ރައީސް މުޙައްމަދު ނަޝީދުގެ ނަފުސާނީ ޙާލަތު ވަޒަންކޮށް އިނގިރޭސިވިލާތުގެ ސައިކޮލޮޖިސްޓަކު ދެއްވާފައިވާ ލިޔުމެކެވެ. ޑޮކްޓަރު ދީފައިވާ ލިޔުމުގައިވާގޮތުން ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދަށް ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ނުވަތަ ޕީޓީއެސްޑީ ހުރިތޯ ބެލުމަށް ހެދި އިވެލުއޭޝަނަށްފަހު އެފަދަ މައްސަލައެއް ނެތްކަން ޑޮކްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް ނަޝީދު ވަނީ އަމިއްލަފުޅަށް ބަނގުރާ ބެއްލެވުން ހުއްޓަވާލައްވާފައިވާ ކަމަށާއި، އެކަމާއި ގުޅިގެން މިހާރު އަވަހާރަފުޅު ލައްޕަވަން ފަސޭހަވާނެކަމަށްވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދު މި ލިޔުން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވުމަށްފަހު، ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ޑިލީޓްކޮށްލައްވާފައެވެ. ބެލެވޭގޮތުގައި އެއީ ރަލުގެ ވާހަކަ އެ ލިޔުމުގައި އޮތުމުން ކުރެއްވި ކަމެކެވެ. ނަމަވެސް މިކަމާ ގުޅިގެން އެމަނިކުފާނު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

މީގެކުރިންވެސް ރައީސް ނަޝީދާއި ބަނގުރަލާއި ގުޅުވައިގެން ތަފާތު ވާހަކަތައް ދައްކާފައި އެބަހުއްޓެވެ. އެގޮތުން 2008 ވަނަ އަހަރު ވެރިކަން ލިބިވަޑައިގެންނެވުމުން އިންޑިއާއަށް ކުރެއްވި ދަތުުރުފުޅެއްގައި ހިއްޕެވިކަމަށް ބުނާ "ޝޫލާސިރާޒް"ގެ ވާހަކައަކީވެސް އޭރު ވަރަށް މަޝްހޫރުވި ވާހަކައެކެވެ.


ކިޔުންތެރިންގެ ހިޔާލު


3

ސައީދު

31-Jul-2021

އިސްލާމްދީނުގައިހަރާމްވަނީ ބަގުރާއެކަނިބާﷲސވ ޝިރުކުކުރުންހުއްދަތަ ވައްކަންކުރުންހުއްދަތަ ޒިނޭކުުރުންހުއްދަތަ ގައުމުގެހަޒާނާއެއްކޮޖީބައްކަހާލުންހުއްދަތަ ހަރާމްތަކެތިކެއުންހުއްދަތަ 5ވަގުތުނަމާދުނުކުރަނީހުއްދަވެގެންތަ މަސްތުވާއެއްޗެހިވިއްކަނީއިސްލާމްދީނުގައިހުއްދަވެގެންތަ ހަޔާއިނުގޮވަ ނޫހަކަސް



ޓްރެންޑިން