ރާއްޖެ އަންނަ ފަރާތްތަކުން 72 ގަޑިއިރުގެ ބަދަލުގައި 96 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް ގެންނަންޖެހޭގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ޓްރެވަލް އެޑްވައިޒަރީ ބުނާގޮތުން ކޯވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި އަދި އެނޫން ފަރާތްތައްވެސް ރާއްޖެ އަންނައިރު 96 ގަޑިއިރުނުވާ ކޯވިޑް ނެގެޓިވް ނަތީޖާއެއް ހުށަހަޅަންޖެހޭނެއެވެ. އެހެންނަމަވެސް އަހަރު ނުވާ ކުޑަކުދިން ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހަޅާކަށް ނުޖެހޭނެއެވެ.

މީގެކުރިން ރާއްޖެއަށް އެތެރެވާ ފަރާތްތައް ހުށަހަޅަން ޖެހެނީ 72 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެކެވެ.



ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު ކޮންޓްރޯލްވަމުންދާއިރު ސަރުކާރުން ވަނީ ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދީފައެވެ. އެގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޭރުން އައިސް ރާއްޖޭގައި ކަރަންޓީން ވާން ނުޖެހޭގޮތަށްވެސް ވަނީ ލުއިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން