މިދިޔަ އަހަރު މާލެ ފުރަބަންދުކޮށްފައި އޮއްވާ އެމްޕީއެލް ތެރޭގައި ހިންގި ތެލުގެ ވަގު ވިޔަފާރީގެ މުގުލުގައި ހުރީ ބިދޭސީއެއްކަން ހާމަވެއްޖެއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވީ އެމްޕީއެލްގެ ބައެއް މުވައްޒަފުންނާއި، ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގި ތެލުގެ ވަގު ވިޔަފާރީގެ އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އެފްއެސްއެމްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށްކަމަށެވެ. ގަސަމް ވިދާޅުވީ މިމައްސަލަ ފެންމަތިވުމުން އެފްއެސްއެމުން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅިކަމަށެވެ. އަދި ޝައްކު ކުރެވުނު މުވައްޒަފުންނަށްވެސް ފިޔަވަޅު އަޅާފައިވާކަމަށް ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ ތަހުގީގަށް މިހާތަނަށް އެގިފައިވާ ގޮތުގައި މިމައްސަލާގައި އިސްކޮށް އުޅެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށާއި އޭނާއަށް ރާއްޖެއިން ފުރައިގެން ނުދެވޭނެހެން އެފްއެސްއެމްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާކަމަށެވެ.

އެމްޕީއެލްގެ ބައެއް މުވައްޒަފުންނާއި، ފިއުލްސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގި 8 މިލިއަން ރުފިޔާގެ ތެލުގެ ވަގު ވިޔަފާރިއަކީ ސޮއި ފޯޖުކޮށްގެން، ހިންގި ހިޔާނާތެކެވެ. މިމައްސަލަ އެމްޕީއެލުން ބަލަމުންދާއިރު، އެމްޕީއެލުންވެސް ވަނީ ބައެއް ފަރާތްތަކަށް ފިޔަވަޅު އަޅާފައެވެ. އެމައްސަލަ މީޑިއާއަށް ފެންމަތިވުމުން އެމްޕީއެލްގެ ޗެއަރމަނަކަށް ހުންނެވި މުހައްމަދު ޒަކީ ވަނީ އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން