ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެނިވަޑައިގެންނެވި އާދަޔާ ޚިލާފު ކަންތައްތަކެއްގެ ސަބަބުން ކަމަށް ކުރިން އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ޝުއައިބު އަލީ (ފުރަހަނި) ވިދާޅުވެއްޖެއެވެ.

ފުރަހަނި ޝުއައިބު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އިސްލާމްދީނުގައި ހަރާން ކުރައްވާފައިވާ ބަނގުރާ ހިއްޕަވާ ބޭފުޅެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ހާމަވެފައިވާ ދަނޑިވަޅެއްގައެވެ. މި ލިޔުން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވީވެސް ރައީސް ނަޝީދު އަމިއްލަފުޅަށެވެ. ނަމަވެސް އެމަނިކުފާނު ފަހުން ވަނީ އެ ލިޔުން ޑިލީޓްކުރައްވާފައެވެ.

ކުރިން ރައީސް ނަޝީދާއި ގާތްގުޅުމެއް އޮތް، އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގައި އިސް މަގާމެއްގައި ހުންނެވި ޝުއައިބު ވިދާޅުވީ ރައީސް ނަޝީދުގެ އަތުގައި ހިފައިގެން މާލެ ގެނެސް، ރާއްޖޭގެ މަންޑޭލާކަމަށް ވިދާޅުވިއިރު، ރައީސް ނަޝީދަކީ ރާ ހިއްޕަވާ ނިދިކުރަށްވާ، ބޭސް ކޭންބައްލަވައިގެން ހޭ ބުއްދި ފިލާ ބޭފުޅެއްކަމެއް އެނގިވަޑަައި ނުގަންނަވާކަމަށެވެ.



ޝުއައިބު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން އާދަޔާ ހިލާފު ކަންކަން ފެންނަން ފެށުމުން ކަމަށެވެ. އަދި އެމްޑީޕީ ދޫކޮށް ރައީސް ނަޝީދު އިންނަވަންވީ ގޭގައި އުނދޯލި ހެއްލަވަންކަމަށްވެސް ޝުއައިބު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ރާ ހިއްޕަވާ ބޭފުޅެއްކަން ހާމަވި ލިއުމަކީ ރައީސް މުޙައްމަދު ނަޝީދުގެ ނަފުސާނީ ޙާލަތު ވަޒަންކޮށް ސައިކޮލޮޖިސްޓަކު ދީފައިވާ ލިޔުމެކެވެ. ޑޮކްޓަރު ދީފައިވާ ލިޔުމުގައިވާގޮތުން ބޮމުގެ ހަމަލާއަށްފަހު ރައީސް ނަޝީދަށް ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ނުވަތަ ޕީޓީއެސްޑީ ހުރިތޯ ބެލުމަށް ހެދި އިވެލުއޭޝަނަށްފަހު އެފަދަ މައްސަލައެއް ނެތްކަން ޑޮކްޓަރު ވަނީ ފާހަގަކޮށްފައެވެ. އަދި ރައީސް ނަޝީދު ވަނީ އަމިއްލަފުޅަށް ބަނގުރާ ބެއްލެވުން ހުއްޓަވާލައްވާފައިވާ ކަމަށާއި، އެކަމާއި ގުޅިގެން މިހާރު އަވަހާރަފުޅު ލައްޕަވަން ފަސޭހަފުޅުވާނެ ކަމަށްވެސް އެ ލިޔުމުގައި ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޝަރީފު

30-Jul-2021

މިކަހަލަ މީހަކު މި އިސްލާމީ ގައުމުގެ ވަލީއާހަވާލުކުރުން ހެޔޮވާނެތޯ ވިސްނާލުން ރަގަޅު.



ޓްރެންޑިން