ސިޔާސީ ގޮތުން ވިސްނުން ތަފާތުވި ނަމަވެސް، ރައްޔިތުން ބައިބައި ވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް، އަދި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މި ދަނޑިވަޅުގައި ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރެވޭނީ ރައްޔިތުންގެ އެއްބައިވަންތަކަން ހަރުދަނާ ގޮތެއްގައި ދަމަހައްޓައިގެން ކަމަށެވެ. އަދި ސިޔާސީ ގޮތުން ވިސްނުން ތަފާތު ވިނަމަވެސް، އަދި ގިނަ ސިޔާސީ ޕާޓީތަކެއް ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް ރައްޔިތުން ބައިބައި ވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.





ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވި ބިލުގެ މައްސަލައިގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ވަރަށް ބޮޑަށް ވަނީ ޚިޔާލު ތަފާތުވުން އުފެެދިފައެވެ. މިބިލާއި ގުޅިގެން ސަރުކާރު ކޯލިޝަން ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންގެ މެދުގައި ވެސް ބައިބައި ވުން އުފެދި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ރައީސް ސޯލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލައްވައި ސަރުކާރަށް ކުރާ ތާއިދު ވެސް އަނބުރާ ގެންދަވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމާއި އެކު އިއްތިހާދެއް އުފައްދަން ބޭނުންވާކަން ވެސް ހާމަކުރައްވާފައެެވެ.

އެމްޑީޕީގެ މެންބަރުންނާއި ލީޑަރޝިޕްގެ މެދުގައި ޚިޔާލުތަފާތުވުން އުފެދުނީ ސަރުކާރުން ބިލު ހުށައެޅުމަށްފަހު ދީނީ އިލްމްވެރިންނާއި އާންމުންގެ ފާޑުކިއުމާއި ނުރުހުން ބިލަށް އަމާޒުވުމުން ސަރުކާރުން ބިލާއިމެދު ދެކޭ ގޮތް ބަދަލު ކުރުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-7

ޢާއްމްމީހާ

30-Jul-2021

ކަލޯމުންޖޭކިޔާތަ



ޓްރެންޑިން