މާލޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ޕާކިންގ ސްލޮޓްތަކުގައި އާންމުންގެ ވެހިކަލް ޕާކް ނުކުރުމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

މޭޔަރު ޑރ. މުއިއްޒު އެކަމަށް އެދިވަޑައިގެންނެވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްފައިވާ ޕާކިން ސްލޮޓެއްގައި އާންމުންގެ ސައިކަލުތަކެއް ޕާކްކޮށްފައިވާ މައްސަލަ އާންމުންގެ މީހަކު މޭޔަރުގެ ސަމާލު ކަމަށް ގެނައުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ޕާކިން ސްލޮޓްތަކުގައި އެހެން މީހުން ވެހިކަލް ޕާކްކުރުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.



އަދި އެހެން ނުހެދުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މުޖުތަމައު ތަރައްގީވާނީ، އަޅުގަނޑުމެންގެ ވިސްނުމާއި އަމަލު ތަރައްގީވެގެން." އަށް އަހަރު ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކުރުމަކީ ވަރަށް އާންމުކަމެކެވެ. ގަވާއިދާއި ޚިލާފަށް ޕާކްކުރާނަމަ 750 ރުފިޔާއިން ޖޫރިމަނާކޮށް ސައިކަލު ޓޯކުރެއެވެ. ނަމަވެސް މި އަދަބުގެ ސަބަބުން ޕާކް ކުރުމުގެ މައްސަލައަކަށް މާބޮޑު ހައްލެއް ނުލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން