ރާއްޖެއިން އިތުރު 105 މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 76،953 އަށް އަރާފަ އެވެ. އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 22 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ.

މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 68 މީހުން އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓަކުން ވެސް 15 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑު ބަލިޖެހިފައި ތިބީ 2،611 މީހުންނެވެ. މިހާތަނަށް 74،110 މީހުން ކޮވިޑު ބަލި ޖެހި ބަލިން ފަސޭހަވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިވަގުތު ބަލި ޖެހިގެން 16 މީހަކު އެޑިމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެެވެ.

ކޮވިޑް ބަލީގައި 220 މީހަކު މިހާތަނަށް ނިޔާވެފައިވާއިރު، މިއަދު ވެސް ބަލީގައި މީހަކު ވަނީ ނިޔާވެފައެވެ. މިއަދު މީހަކު ނިޔާވީ ރ. ދުވާފަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން