އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް 3.5 ޓަނުގެ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީ ސާމާނު ހަދިޔާކޮށްފިއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މި ސިއްހީ ސާމާނު ހަދިޔާކުރުން އޮތީ ސްރިލަންކާގައި ހުންނަ އޮސްޓްރޭލިއާ ހައިކޮމިޝަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.



އޮސްޓްރޭލިއާ ސަރުކާރުން 3.5 ޓަނުގެ ޕީޕީއީ ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، ކޯވިޑް މިހާލަތުގައި އޮސްޓްރޭލިއާއިން ވަނީ ރާއްޖެއަށް ގާތްގަނޑަކަށް 9 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އޮސްޓްރޭލިއާއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެހީއާއެކު ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޯވިޑާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެކި ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، އޭގެެތެރޭގައި ސިއްހީ ސާމާނުގެ އިތުރުން، ފައިސާއާއި ފަންނީ އެހީތެރިކަންވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން