ސިޔާސީ ވާދަވެރިކަން ދޫކޮށް، ޤައުމުގެ އިޤްތިޞާދު އާރާސްތުކުރުމުގައި ހުރިހާ ފަރާތްތަކުން މަސައްކަތްކުރުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

ޝަރީފް ވިދާޅުވީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން އެޅި ސަބްސިޑީ ދިނުމުގެ ފިޔަވަޅާއެކު، އެޤައުމުތަކުގެ އިޤްތިޞާދަށް އަލުން ދިރުން އަންނަތަން ފެންނަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގައިވެސް ސިޔާސީ ވާދަވެރިކަން ދޫކޮށް، ހުރިހާ ފަރާތްތަކަކުން ވެސް ގުޅިގެން އިޤްތިޞާދީ ކުރިއެރުން ހޯދުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި، ވަރަށް އަވަހަށް ފަތުރުވެރިކަންވެސް ކުރިން އޮތް ހިސާބަށް ދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ އެހެން ޤައުމުތަކުގައި ކޯވިޑަށްފަހު އިޤްތިޞާދު އާރާސްތުވެގެން ދަނީ އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމަށާއި، ރާއްޖެއިންވެސް އެފަދަ ކުރިއެރުން ބޭނުންވާނަމަ، ހަމަޖެހުން ޤާއިމްކުރަންޖެހޭކަމަށެވެ.

ކޯވިޑަށްފަހު ދުނިޔޭގެ އިޤްތިޞާދު މަޑުމަޑުން ހަމައަކަށް އެޅެމުންދާއިރު 2024 ވަނަ އަހަރު އަންނަންވާއިރަަށް ރާއްޖެ ހިމެނޭގޮތަށް ޤައުމުތަކަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެވޭނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ. ނަމަވެސް ކޯވިޑްގެ އިތުރު ރާޅުތަކެއް ނަަގައިފިނަމަ އެ އަމާޒަށް ވާސިލުވުމަށް ދަތިވާނޭކަންވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ނަމަވެސް ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ވާދަވެރިކަމާއި ސަރުކާރުގެ ތެރޭގައި އޮތް ސިޔާސީ ހަމަނުޖެހުންތައް މިގޮތުގައި އޮވެ އެއަމާޒަށް ރާއްޖެއަށް ވާސިލު ނުވެވޭނެކަން ތަޖުރިބާކާރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން