އާންމުކޮށް މަސްތިވާ ތަކެއްޗާ ފޯނާއި އަދިވެސް މަނާ އެފަދަ ތަކެތި ވައްދާ އައްސޭރިޖަލަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް ރޭ އަތުލައިގެންފި ކަމަށް ކަރެކްޝަންގެ ވެރިޔާ ހާމަކުރަށްވައިފިއެވެ.

ރާއްޖޭގެ ޖަލުތަކަށް ފޯނާއި މަސްތުވާތަކެއްޗާއި އަދިވެސް މިޒާތުގެ ޖަލަށް ވެއްދުން މަނާ ސާމާނު ވެއްދުމަކީ ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ. ޖަލު ބަލާ ފާސްކުރުމުގައި އަބަދުވެސް މިފަދަ ސާމާނު ފެންނަކަން ހާމަވަމުންދާއިރު ޖަލުތައް ބެލެހެއްޓުމުގައި ކަމާބެހޭ ފަރާތްތައް ވަރަށް ބޮޑަށް ފެއިލްވެފައިވާކަން އަބަދުވެސް ފާހަގަ ކުރެވެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ މަސްތުވާތަކެތި ފެނުނީ ރޭ ލިބުނު މައުލޫމާތަކައި ގުޅިގެން އައްސޭރި ޖަލުގެ އޮފިސަރުން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ. މަސްތުވާތަކެތި ފެނުނީ ޖަލަށް ވެއްދުމަށްޓަކައި ޖަލުގައި ޕޮޓުކޮއްފައި ހުއްޓާކަމަށްވެސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ. އަދި ޖަލުން ފެނުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ އައްސޭރި ޖަލުގެ ވަށާފާރު އުސްކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ބަޔަކާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން، ފާރުމަތިން ޖަލުގެ ތެރެއަށް އެއްޗެހި އުކާ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށްވެސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

މިފަދަ ވާހަކަ ތަކަކީ އަބަދުވެސް ހޯމް މިނިސްޓްރީއާއި ހަވާލުވެ ތިއްބަވާ އިސް ބޭފުޅުންނާއި ޖަލާއި ހަވާލުވެ ތިއްބަވާ އިސް ބޭފުޅުން ދައްކަވާ، އަމަލީ ސިފަ ނާންނަ އާންމު ވާހަކަ ތަކެވެ.

ދޭތެރެދޭތެރެއިން ޖަލަށް މަނާތަކެތި ވައްދަން އުޅޭ މައްސަލަތައް ފެންމަތިވެއެވެ. އަދި ޖަލަށް މަނާ ތަކެތި ވެއްދުމުގައި ޖަލު އޮފިސަރުންގެ ދައުރުވެސް އޮންނަކަން އެނގިފައި އޮތް ނަމަވެސް އެއީ ވެސް ހައްލު ކުރެވޭ ކަމަކަށް ނުވެއެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިއީ އެންމެ މަތީން ފެށިގެން ބަޔަކު ގުޅިގެން ހިންގާ ޖަރީމާ ތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޚާލިދު

30-Jul-2021

ކަލެއަށް މާބޮޑަށް އެނގެނީ.



ޓްރެންޑިން