މިސްކިތްތަކުގައި ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދުނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތަށް އަންގާފައި މިވަނީ، ހުޅުމާލޭ މިސްކިތެއްގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެެވެ.

އިސްލާމިކް މިިނިސްޓްރީން ބުނީ ހުޅުމާލެ ސަހަރާ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދު ކުރާ މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެކަން ބެލިއިރު، އެއީ ކޯސް ހަދާ ކުދިންކަމަށާއި އަދި އެއީ އެ ކުދިން ފަރިތަކުރަން ކުރުވާކަމެއްކަމަށް ބުނެފައިވާކަމަށެވެ. ނަމަވެސް ދަސްކޮށްދިނުމުގެ ބޭނުމުގައިވެސް ކުޑަކުދިން ލައްވާ އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވޭނެކަން މިހާރު އަންގާފައިވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ބަންދަށްފަހު ރާއްޖޭގެ ހުރިހާ ރަށްތަކަށް އެކަމާއި ގުޅޭ ސާކިއުލާއެއް ފޮނުވާނޭކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ހުޅުމާލެ ސަހަރާ މިސްކިތުގައި އިމާމްވެ ނަމާދު ކުރަމުން ދިޔައީ އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންތަކެކެވެ. ނަމަވެސް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް ބުނާގޮތުން މިސްކިތުގައި އިމާމުވެ ނަމާދުކުރެވޭނީ ހާއްސަ ސެޓްފިކެޓެއް ހާސިލްކޮށް އިސްލާމިކް މިނިސްޓްރީގެ ހާއްސަ ހުއްދައާއެކުއެވެ. އެ ނޫން ފަރާތްތަކުން އިމާމުވެ މިސްކިތްތަކުގައި ނަމާދުކުރުމަކީ މަނާކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން