އަހުމަދު މަސްނޫމް   28 ޖުލައި 2021 - 18:44
ގއ. ވިލިނގިއްޔަށް އަރައިފެއިބުން މަނާކޮށްފައި އޮތް ހާލަތު އުވާލައި، އާންމު ހާލަތަށް އެރަށް ގެނެސްފިއެވެ.

ވިލިނގިލިން ކޮވިޑްގެ ކޭސްތަކެއް ފެނިގެން، އެރަށް އަރާފެއިބުން މަނާ ހާލަތަށް ގެނައީ، މެއިމަހުގެ 15 ވަނަ ދުވަހުއެވެ. ނަމަވެސް އިއްޔެއިން ފެށިގެން ގއ. ވިލިނގިލީގެ އަރާފޭބުން މަނާ ހާލަތު އުވާލައި، އާންމު ހާލަތަށް ރަށް ވަނީ ގެނެސްފައެވެ.

ވިލިގިނގި އާއްމު ހާލަތަކަށް ގެނައިއިރު، އެރަށުން ފެންނަ ކޭސްތައް ވަނީ މަދުވެފައެވެ. އެގޮތުން ފާއިތުވި ހަފްތާގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ ތެރޭގައި ހިމެނޭ މީހުން އެކަންޏެވެ.

ވިލިނގިއްޔަކީ އަތޮޅުގެ ވެރިކަންކުރާ ރަށަށްވާއިރު، ވިލިގިނގިލީގައި ކޯވިޑަށް ފަރުވާދޭ ޚާއްސަ ފެސިލިޓީއެއްވެސް ސަރުކާރުން ވަނީ ޤާއިމްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން