ޗައިނާގެ މިނިވަން ކަމާއި އިސްތިގުލާލަށް ގޮންނުޖެއްސެވުމަށް ގޮވާލައި އެ ގައުމުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސްޕާޓްލީ އައިލެންޑްސް ކައިރިއަށް އިނގިރޭސިވިލާތުގެ މަނަވަރުތައް ވަނުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. ދެކުނު ޗައިނާގެ ކަނޑުގައި ޗައިނާ ބާރު ގަދަކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަ ކުރަމުންދާއިރު ސްޕާޓްލީ އައިލެންޑްސް ކައިރީގައި މިނިވަންކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން އިނގިރޭސިވިލާތުގެ މަނަވަރުތައް އެ ސަރަހައްދަށް ވަނުމުން އުފާ ކުރަން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޗައިނާގެ ވަށައިގެންވާ ކަނޑުގެ ސަރަަހައްދާއި އެ ކަނޑުން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ދަތުރުކުރުމުގެ ހައްގަށް އެ ގައުމުން އިހުތިރާމް ކުރާ ކަމަށެވެ.

ނަމަވެސް، އަސްކަރީ ބާރު ދައްކައި ޗައިނާއަށް ބިރު ދައްކަން އުޅުމަކީ އެ ގައުމުގެ އިސްތިގްލާލާއި ސަލާމަތަށް ނުރައްކާވާ ކަމެއް ކަމަށާއި އެއީ ސަރަހައްދީ ހަމަޖެހުން ގެއްލޭނެ ކަމެއް ކަމަށް އެމްބަސީން ބުނެ އެވެ. އެހެންކަމުން އެއީ އެ ގައުމުން ދެކޮޅު ކަމެއް ކަމަށް ޗައިނާގެ އެމްބަސީން ބުނެފައިވެއެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރުގެ މުއްދަތު ހަމަކުރަށްވައި ފުރާވަޑައިގެންފައިވާއިރު މިހާތަނަށް ޗައިނާއިން ރާއްޖެއަށް އާ ސަފީރެެއް ހަމަޖައްސާފައެއް ނުވެއެވެ. ރައީސް މުހަންމަދު ނަޝީދު ޗައިނާ އާއި ގުޅުވައިގެން ދައްކަވާ ވާހަކަތަކުގެ ސަބަބުން ކުރިން އެ މަގާމުގައި ހުންނެވި ޖަންގް ލީޖޮން އެކި ފަހަރުމަތިން ރައްދު ދެއްވަމުން ގެންދެވިއެވެ. އަދި ދޭތެރެ ދޭތެރެއިން މީސް މީޑިއާގައި ރައީސް ނަޝީދާ ޗައިނާ ސަފީރުގެ ކުރިމަތިލުންތައް ހިނގައި ވަރަށް ހޫނު ބަހުސްތައް ވެސް ހިނގައެވެ.

އޭރުވެސް ޗައިނާ ސަފީރު އެންމެ ކަންބޮޑުވެވަޑައިގެން ދެބަސްވުން އުފެދޭ އެއް ކަމަކީ ރައީސް ނަޝީދު ޗައިނާއާއި ގުޅުވައިގެން ހަގީގަތާއި ޚިލާފު ވާހަކަފުޅުތައް ދައްކަވާ ކަމަށް ވިދާޅުވެއެވެ. އޭގެތެރޭގައި ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ޗައިނާއިން ދިން ލޯނު އެހީތަކާއި މެދު ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅު ތަކާމެދު ދެބޭފުޅުންގެ މެދުގައި ވަރަށް ހޫނު ބަހުގެ ހަމަލާތައް ހިނގައެވެ. ރައީސް ނަޝީދު ސިފަކުރަށްވަނީ ޗައިނާއިން ދީފައިވާ އެ އެހީއަކީ ދަރަނީގެ ދަންތުރައެއްގެ ގޮތުގައެވެ. ދާދިފަހުން ވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޗައިނާގެ މާލީ އިދާރާތަކުން ރާއްޖެއަށް ދީފައިވާ ލޯނުތައް ދެއްކުމުގައި ކޯވިޑްގެ ހާލަތާ ގުޅިގެން ވެސް ލުއިދީފައި ނުވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ނުރަބޯ

30-Jul-2021

ޗައިނާގެ އަތުން ބޮނޑިއެއް ބޮއިގެން މިކަލޭގެ މައިތިރިވާނީ. ބޮޑު ގައުމަކާ ޖައްސާލައިގެން އުޅެން މީދެން ކާކު?


2

ސަފީރުގެ އައްޕަ

30-Jul-2021

ދެން ސަފީރަކު ފޮނުވާކަށް ނުވިސްނަން:



ޓްރެންޑިން