ނަފުރަތާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ އެއްވުމެއް ބޭއްވުމަށް އދ. އިން, އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބުދު ﷲ ޝާހިދާއި ހަވާލުކޮށްފިއެވެ.

ނަފުރަތާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ އެއްވުމެއް ބޭއްވުމަށް އދ. އިން އެއްވުމެެއް ބާއްވަން އާންމު މަޖިލީހުގެ ރައީސް އަބުދު ﷲ ޝާހިދާއި ހަވާލުކުރިކަން ހާމަކުރެއްވީ, އދ. ގެ ސްޕެޝަލް ރެޕަޓުއާގެ މަގާމުގައި މިހާރު ހުންނެވި ޑރ. އަހުމަދު ޝަހީދެވެ. ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ޝަހީދު ވިދާޅުވީ، ނަފުރަތުގެ ބިލް ރާއްޖޭގައި ފާސް ނުކޮށް އުޅެނިކޮށް، ނަފުރަތާއި ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް ގޮވާލައި އެކަމާ ބެހޭ ހާއްސަ އެއްވުމެއް ބޭއްވުމުގެ މަސައްކަތް ފެށުމަށް އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބުދު ﷲ ޝާހިދާއި އދ. އިން ހަވާލުކުރައްވާފައިވާ ކަމަށެވެ.





ޑރ. ޝަހީދު މިހެން ވިދާޅުވި ނަމަވެސް އދ. ޢިން ރަސްމީކޮށް އަދި އެކަން ހާމަކޮށްފައެއް ނުވެއެވެ. ޑރ. އަހުމަދު ޝަހީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ އދ. އިން ބައްދަލުވުމުން ބާއްވަންވީ ކަމަށެވެ. އެހެން ނަމަވެސް ދިވެހިން އެއްބަސްވާނީ ދިވެހިން ބޭނުން ކަމަކަށް ކަމަށް އަލްހާން ވިދާޅުވިއެވެ.

"އަބުދު ﷲ ޝާހިދުގެ ރިޔާސަތުގައި ދިވެހިންގެ ރިޒަވޭޝަންތަކަށް އިހުތިރާމް ކުރަންޖެހޭނެ. ދިވެހިން "ލާދީނީ" ވާކަށް އދ. އަކަށް ނޭންގޭނެ ދެއްތޮ؟" އެމްޑީޕީގެ ކުރީގެ ނާއިބް ރައީސްކަން ކުރެއްވި އަދި މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ވިދާޅުވިއެވެ.

ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވި ބިލުގެ މައްސަލައިގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ވަރަށް ބޮޑަށް ވަނީ ޚިޔާލު ތަފާތުވުން އުފެެދިފައެވެ. މިބިލާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ މެންބަރުންގެ މެދުގައި ވެސް ބައިބައި ވުން އުފެދި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ރައީސް ސޯލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލައްވައި ސަރުކާރަށް ކުރާ ތާއިދު ވެސް އަނބުރާ ގެންދަވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. ދީނީ އިލްމްވެރިންނާއި އާންމުންގެ ފާޑުކިއުމާއި ނުރުހުން ބިލަށް އަމާޒުވުމުން ސަރުކާރުން ބިލާއިމެދު ދެކޭ ގޮތް ފަހުން ވަނީ ބަދަލު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ނަބީލް ޖަމީލް

30-Jul-2021

ކަލޭމެންނާ އެކު އުޅޭ ނަޝީދައް ފުރަތަމަ ފިޔަވަޅު. އޭނަ އެދަނީ ޗައިނާއަށް ނަފްރަތު އުފައްދަމުން އެއީ ގައުމަށް ނުލާހިކު އެހީވާ ބައެއް.އެހއން ނޫނަސް އެކުވެރި ގައުމުތަކުގެ ަިޔާދަތާ ބެހި އުޅުމަކީ ގާނޫނީ ކުށެއް.



ޓްރެންޑިން