އިންޑިއާގެ ރަސްމީ އެއަރލައިން އެއަރއިންޑިއާއިން އެގައުމުގެ މުމްބާއީ ސިޓީއާއި ރާއްޖެއާއި ދެމެދު ދަތުރުކުރަން ފަށައިފިއެވެ.

މުމްބާއީއާއި މާލެއާއި ދެމެދު ޑައިރެކްޓް ފްލައިޓުތައް ފަށާފައިވަނީ، އިންޑިއާގެ މުމްބާއީއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު މެންދުރުފަހު ޖެއްސި ފްލައިޓާއެކުއެވެ. މިފްލައިޓުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް، މާސްކް، ސެނިޓައިޒަރ އަދި ޑިސްއިންފެކްޓަންޓް ސްޕްރޭއެއް ހިމެނޭ ރައްކާތެރިކަމުގެ ހާއްސަ ކިޓެއް އެއަރއިންޑިއާއިން ވަނީ ދީފައެވެ.



އެއަރއިންޑިއާއިން ހާމަކޮށްފައިވާގޮތުގައި ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހު މުމްބާއީއިން ރާއްޖެއަށް ޑައިރެކްޓް ފްލައިޓު ޝެޑިއުލްކޮށް ދަތުރުކުރާނެއެވެ.



ކޮވިޑްގެ ބަލިމަޑުކަމާއިއެކު އެއަރއިންޑިއާއިން ދެގައުމުގެ ދެމެދުގައި ކުރަމުން އައި ދަތުރުތައް މެދު ކަނޑާލުމަށްފަހު، އަލުން ފަށައިގެން މިހާރުވެސް އިންޑިއާގެ ދިއްލީ އަދި ޓްރިވެންޑްރަމާއި ރާއްޖެއާއި ދެމެދު ދަނީ ޑައިރެކްޓް ފްލައިޓްތައް ބާއްވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އިންޑިއާ މަރކެޓުގެ ފަތުރުވެރިންނަކީ އިސްދައުރެއް އަދާ ކުރާ ބައެކެވެ. މިގޮތުން އިންޑިއާއާއި ރާއްޖެއާއި ދެމެދު ކުރާ ދަތުރުތައް އިތުރުވުމަކީ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރުމަށްވެސް އިތުރު ލުއިތަކެއް ލިބިގެންދާނެކަމެއްކަމަށް އެއަރއިންޑިއާއިން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން