ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު ހެނދުނު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އަލިފާން ރޯވީ ކުޑަކުދިންގެ ހިޔާގެ 4 ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައިކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.



އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގެ ވިލިމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާކަމަށެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާވާއިިރު މިދިޔަ ޖޫންމަހާއި، މިދިޔަ މޭމަހުވެސް އެތަނުގައި އަލިފާނުގެ ހާދިސާތައް ހިނގާފައިވެއެއެވެ. އެހެންކަމުން މިއީ ބަޔަކު ގަސްތުގައި ކުރާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން