ކޮންޓެއިނަރތަކެއްގެ މަތިން އެމްޕީއެލްގެ މުވައްޒަފަކު ވެއްޓި، އަނިޔާވެއްޖެއެވެ.

ރޭ ދަންވަރު ހިނގި މިހާދިސާ ހިނގާފައި ވަނީ ދެބަރިއަށް ޖަހާފައި ހުރި ކޮންޓޭނާތަކެއްގެ މަތީގައި ހުރި މީހަކު ހަރުގަނޑެއް ބޭނުން ކޮށްގެން ތިން ބަރިއަށް ޖަހާފައި ހުރި ކޮންޓޭނާތަކެއްގެ މައްޗަށް އަރަން އުޅުމުގެ ތެރޭގައެވެ. އަދި އޭނާ ވެއްޓި އުޅަނބޮއްޓާއި ކޮނޑުހުޅާއި ދެމެދުން ބިންދައިގެން ގޮސްފައިވާ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެމްޕީއެލުން ބުނީ އޭނާގެ ހާލު ރަނގަޅުކަމަށާއި، ޓްރީޓޮޕް ހޮސްޕިޓަލުން އޭނާގެ އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެމްޕީއެލުން ބުނީ މިހާދިސާ ހިނގިއިރު، މުވައްޒަފު ހުރީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައްވެސް އަޅައިގެންކަމަށެވެ.



އެމްޕީއެލްގެ ތެރޭގައި ދޭތެރެދޭތެރެއިން މިކަހަލަ ކަންކަން ހިނގަމުންދާއިރު، އެތަނުގެ ތެރޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް އެމްޕީއެލުން ދަނީ މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން