އަހުމަދު މަސްނޫމް   29 ޖުލައި 2021 - 14:59
މާލެ ސިޓީއަށް މީޓަރ ޕާކިންގ ސިސްޓަމް ތައާރަފް ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީއަށް މީޓަރ ޕާކިންގ ސިސްޓަމް ތައާރަފް ކުރުމަށް ނިންމާފައިވާއިރު، މީޓަރ ޕާކިންގ ސިސްޓަމް ހޯދައި ބަހައްޓައިދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެހެންކަމުން އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގުހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.



މީޓަރު ޕާކިން ސިސްޓަމަކީ ފައިސާ ދައްކައިގެން ޕާކްކޮށް، ޕާކްކުރާ ގަޑިއަށް ފައިސާ ނަގަން ޕާކްކުރާ ސަރަހައްދެއްަގައި ބަހައްޓާފައި ހުންނަ މެޝިނެކެވެ. މިއީ ރާއްޖޭގައި މިފަދަ ސިސްޓަމްތަކެއް ހަރުކުރާ ފުރަތަމަ ފަހަރެވެ.

މާލެ އަށް ދިމާވެފައިވާ ޕާކްކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސިޓީ ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވަރަށްފަހުން ވެސް މާލެއިން ވަނީ ޕާކްކުރުމަށް 211 ޖާގައެއް ކުއްޔަށް ދިނުމަށް ހުޅުވާލާފައެވެ. މީގެއިތުރުން މެކޭނިކަލް ޕާކިންގއާއި ޕާކިންގ އިމާރާތްތައް އެޅުމުގެ މަސައްކަތް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން