ރާއްޖެއާއި ބަލްގޭރިއާގެ ވިޔަފާރީގެ ގުޅުން ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ބާއްވާފައި ވަނީ، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިންތިޚާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްުދުﷲ ޝާހިދު ބަލްގޭރީއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެގައުމުގެ ހާރިޖީ ވަޒީރު ސްވެޓްލަން ސްޓޮއޭވްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ފޮރިން މިނިސްޓަރގެ މި ދަތުރުފުޅަކީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިންތިޚާބީ ރައީސްގެ ޙައިސިއްޔަތުން މިމަހުގެ 27 އިން 29 ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ބަލްގޭރިއާގެ ފޮރިން މިނިސްޓަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދިޔައެވެ. މީގެއިތުރުން އދ. ގެ 76 ވަނަ ދައުރުގެ ރައީސްގެ ހައިސިއްޔަތުން އިސްކަންދެއްވާނެ ކަންކަމާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.



ޝާހިދުގެ ދަތުރުފުޅުގައި ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރާއި، އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާވެސް ބައްދަލުކުރައްވައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

އދ.ގެ އާއްމު މަޖިލީހިގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ބަލްގޭރިއާއަށް ޝާހިދު ދަތުރެއް ކުރައްވާއިރު، ޝާހިދު ދާދިފަހުން ވަނީ އިންޑިއާއަށްވެސް ރަސްމީ ދަތުރެއް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން